މި އަހަރު ހައްޖު ޖާގަ ދިން ފަރާތްތަކަށް އަންނަ އަހަރު ފުރުސަތު ލިބޭނެ: ހައްޖު ކޯޕަރޭޝަން

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން މިއަހަރު ޖާގަ ދިން ފަރާތްތަކަށް، އަންނަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ފުރުސަތު ދެވޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. ހައްޖު ކޯޕަރޭޝަނުން މިހެން ބ...

13 Jun 2021 | 07:43

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން މިއަހަރު ޖާގަ ދިން ފަރާތްތަކަށް، އަންނަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ފުރުސަތު ދެވޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުން މިހެން ބުނީ، މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ހަމައެކަނި ސަޢުދީ އަރަބިއްޔާގައި ދިރިއުޅުއްވާ ފަރާތްތަކަށް ދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމަވާފައި ވަނިކޮށެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ހައްޖުގެ ދަތުރުތައް ކެންސަލްކޮށްފައިވާއިރު ޙައްޖު ކޯޕަރޭޝަނުން ޙައްޖުގެ ޖާގަ ރިޒާވް ކުރައްވާފައިވާ ފަރާތްތަކުގެ ޖާގަ ރިޒާވް ކުރެވިފައިވާ ތަރުތީބުން، އެއް އަހަރު ފަސްކުރެވިފައިވާކަމަށެވެ. އެގޮތުން މިއަހަރު ހައްޖުވުމަށް ކަނޑައެޅި ޖާގަ ދެވިފައިވާ ފަރާތްތަކަށް މި އަންނަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ފުރުސަތު ދެވޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އަހަރަކު 2 މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މިދިޔަ އަހަރުވެސް ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ސަޢުދީ ޢަރަބިއްޔާއިން ދީފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 5 މީހަކު ވަނީ ބައިވެރިވެފައެވެ. އެއީ ސައުދީގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރުންތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް