މިއީ އިންސާފު ޤާއިމު ކުރުމަށް އެންމެ ގިނަ މަސައްކަތް ކުރި ވެރިކަން: މޫކޭ

ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙުގެ މި ސަރުކާރަކީ އިންސާފު ޤާއިމު ކުރުމަށް އެންމެ ގިނަ މަސައްކަތް ކުރި ވެރިކަން ކަމަށް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލީ މަނިކް (މޫކޭ) ވިދާޅުވެއްޖެއެވ...

13 Jun 2021 | 07:17

ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙުގެ މި ސަރުކާރަކީ އިންސާފު ޤާއިމު ކުރުމަށް އެންމެ ގިނަ މަސައްކަތް ކުރި ވެރިކަން ކަމަށް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލީ މަނިކް (މޫކޭ) ވިދާޅުވެއްޖެއެވެ.

މޫކޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިޔެވުމުގެ ފުރުސަތާއި، ޞިއްޙީ ނިޒާމު އަދި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ކުރިއެރި ވެރިކަމަކީ ރައީސް ޞާލިހުގެ ވެރިކަން ކަމަށެވެ.

https://twitter.com/VMookey/status/1403904520954863618

މީގެ އިތުރުން، މިނިވަން މުއައްސަސާތަކާއި ލާމަރުކަޒީ ނިޒާމަށް އެންމެ ހެޔޮ ބަދަލު ގެނެސް، އަންހެންނުން ބާރުވެރިކޮށް، އެންމެ ޕްރޮޖެކްޓްތައް ގިނައިން ހިންގި ވެރިކަމަކީވެސް މިއީ ކަމަށް މުކޭގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މީގެ ކުރިން، މޫކޭ ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރިހާ ހިނދަކު، ސަރުކާރަށް އަމާޒުކުރާ ހަމަލާތަކުގެ ދިފާއުގައި ބަސް ނުބުނާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް