ހަތިމް ތެރޭ ޑްރަގް ފޮރުވާ ހިސާބަށް ކަންކަން ދާއިރު، އެކަންކަން ހުއްޓުވަންޖެހޭ ކަމަށް ދީނީ ޢިލްމުވެރިޔާ އައް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ހަތިމް ތެރޭ އެތަކެތި ފޮރުވައި، މިސްކިތްތަކުގައި ޑްރަގް ބޭނުންކުރާ މީހުން ނިދާ މައްސަލަ ވަނީ މި ފަހުން ފެންމަތިވެފައެވެ.
އެ ކަމަށް އިޝާރަތްކޮށް ޒައިދު ވިދާޅުވީ މިސްކިތްތަކަށް ދެރަ ގޮތްތައް އެބަވަމުންދާ ކަމަށާއި މިކަމަށް ވަރަށް އަވަސް ހައްލެއް އެބަ ބޭނުންވާ ކަމަަށެވެ.
”ޕާޓޭން މަސްތުވާތަކެތި ފޮރުވައި ޑީލް ހަދައި ހަތިމް ތެރޭ ޑްރަގް ފޮރުވާ ހިސާބަށް ދާއިރު، މިކަންކަން ހުއްޓުވަންޖެހޭ! މިސްކިތްތައް މިގޮތަށް ދޫކޮށްލައިގެން ނުވާނެ!” ޒައިދު ވިދާޅުވިއެވެ.
https://twitter.com/alizaid1000/status/1403750933721325571
ފުލުހުންގެ މީޑިޔާ އޮފިޝަލަކު އިއްޔެ ވިދާޅުވީ، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި މިސްކިތްތަކުގައި ޑްރަގް ބޭނުންކުރާ މީހުން ނިދުމާއި އެއްޗެހި ދޮވެ ހެދުމާއި މިސްކިތައް ބޭނުންކުރުން އެކަށޭނަ ނޫން އެހެނިހެން ބޭނުންތަކުގައި މިސްކިތްތައް ބޭނުން ކުރާ ކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ.އަދި ފުލުހުން ކޮންމެ ރެއަކުވެސް މިސްކިތްތައް ބަލާ މިސްކިތް އެގޮތަށް ބޭނުން ކުރާ މީހުން ފޮނުވާލާ އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް