ރޮޒޭ ވިދާޅުވަނީ ފެށުނީއްސުރެ އެމްޑީޕީގައި ތިބި މީހުންނަށްވުރެ ގިނަ މަސައްކަތް ކޮށްދެވިއްޖެ ކަމަށް

ފެށުނީއްސުރެ އެމްޑީޕީގައި ތިބި ބައެއް މީހުންނަށް ވުރެ ގިނަ މަސައްކަތް އޭނާ އަށް އެމްޑީޕީ އަށް ކޮށްދެވިފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ. ޓްވިޓާގައި މެމްބަރު ...

13 Jun 2021 | 06:33

ފެށުނީއްސުރެ އެމްޑީޕީގައި ތިބި ބައެއް މީހުންނަށް ވުރެ ގިނަ މަސައްކަތް އޭނާ އަށް އެމްޑީޕީ އަށް ކޮށްދެވިފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޓްވިޓާގައި މެމްބަރު ރޮޒެއިނާ ވިދާޅުވީ އޭނާ އަކީ އެމްޑީޕީ އުފެދުނުއިރު އެ ޕާޓީގައި ހުރި މީހެއް ނޫން ކަމަށާއި ނަމަވެސް އެހެން ޕާޓީއެއްގައި ހޭދަކުރި ދުވަހަށް ވުރެ ގިނަ ދުވަސް މިހާރު އެމްޑީޕީގައި ހޭދަ ކުރެވިފައިވާ ކަމަށެވެ.

"އެމްޑީޕީގައި ފެށުނީއްސުރެން ތިބި ބައެއް މީހުންނަށް ވުރެ ގިނަ މަސައްކަތް ވެސް އެމްޑީޕީ އަށް ކޮށްދެވިއްޖެ. މި ދައްކަނީ އާންމު މެމްބަރުންގެ ވާހަކައެއް ނޫން. ލީޑަޝިޕްގެ ވާހަކަ" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، އެމްޑީޕީ އަށް ވަނީ ޑިމޮކްރެސީއަށްޓަކާ މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް ކަމަށް ދެކިގެން ކަމަށާއި އޭނާ އަކީ ކަލްޓް ސްޓައިލް ގަބޫލުކުރާ މީހެއް ނޫން ކަމަށެވެ. އެގޮތުން ޕާޓީ ހިންގަން ވާނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ނެޝެނަލް އެގްޒެކެޓިވް ކޮމިޓީ (​އެންއީސީ) އާއި ގައުމީ މަޖިލިހާއި ޕާޓީގެ އެހެން ގުނަންތަކުގެ މަޝްވަރާ އާއި ބައިވެރިވުމާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކަލްޓް ގޮތަށް ހިންގަން ވަކި ބަޔަކު އެކަނި ތިބޭ ތަނެއް ގޮތަށް ބަންދުކޮށްލަންވީ. އޭރުން ހިޔާލު ތަފާތުވާ ބައެއް ނުތިބޭނެ." ރޮޒެއިނާ ވިދާޅުވިއެވެ.

"ސޮއިކުރީ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލުނުފަހުން، ޕީޕީއެމްއާއެކު މަސައްކަތް ކުރަން ދައުވަތު ވެސް ލިބިފައި އޮއްވާ" އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް