ކޯވިޑް-19އާ ހަނގުރާމަކުރަމުން ދިޔަ އިތުރު ދެ މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެެނެއް އިއްޔެ މަރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކު ވެސް މިއަދު ވަނީ މަރުވެފައެވެ
މިއާ އެކު ކޯވިޑް-19 ރޯގާގައި ދިވެހިރާއްޖޭން މަރުވި މީހުންގެ އަދަދު މި ވަނީ 197 އަށް އަރައިފައެވެ.
މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 11،041 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 97 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް