އެމެރިކާގެ މަޝްހޫރު ފަންނާނު ކިމް ކާޑޭޝަން އާއި ފިރިމީހާ ކާންޔޭ ވެސްޓުގެ ކައިވެނި ނިމުމަކަށް ގެންނަން ކޯޓަށް ކިމް ކޯޓަށް ސިޓީލީ މިދިޔަ ފެބްރުއަރީ މަހު އެވެ.
މިކަން އެމެރިކާގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ލިބުނު ޝޮކަކަށްވިއިރު ވަރިއާ ހިސާބަށް އެދެމަފިރިން ދާން ޖެހުނު ސަބަބު މިހާތަނަށް އޮތީ ނޭނގި އެވެ. އެ ދެމީހުންގެ ކައިވެންޏަށް ހަ އަހަރުވީއިރު އާންމުންނަށް ފެނިފައިވަނީ ވަރަށް ލޯބިން އުޅޭތަނެވެ.
މިދިޔަ ހަފްތާގައި 20 ސީޒަނަށް ފަހު ކާމިޔާބު ކަމާއި އެކު ނިންމާލި ކިމްގެ އާއިލި ޝޯ “ކީޕިން އަޕް ވިތް ކާޑޭޝަން" ގެ ފަހު އެޕިސޯޑުގައި ކިމް ވަނީ އޭނާގެ އެކަނިވެރިކަމާއި ކާންޔޭ ކައިރިން ވަރިވާން އުޅޭ ސަބަބު ބުނެދީފަ އެވެ.
ކިމް ބުނީ ކައިވެނި ކުރިތާ ހަ އަހަރުވެފައިވާއިރު ކާންޔޭ ދިރިއުޅެމުންދަނީ އެމެރިކާގެ އެހެން ސްޓޭޓެއްގައި ކަމަށެވެ. ދެމީހުންނާއި އާއިލާއަށް އެއްކޮށް ވަގުތު ހޭދަކޮށްލެވެނީ ކޮންމެ ފަހަރަކު ދަތުރަކަށް ފަހު ކެންޔޭ ކިމް ކައިރިއަށް ގޮސްގެން ކަމަށެވެ. ވޭތުވެދިޔަ ހަ އަހަރު ގިނަވާނީ ކެންޔޭ އާއި ބައްދަލު ނުވާ ދުވަސްތައް ކަމަށް ބުންޏެވެ.
ކިމް ބުނީ ކުރިން އެއީ މައްސަލައަކަށް އޭނާއަށް ނުވާ ކަމަށެވެ. އެކަމަކު އުމުރުން 40 އަހަރުވުމުން އެއީ މައްސަލައެއް ކަމަށް އިހުސާސް ކުރެވި ދިރިއުޅެވެމުން މިދަނީ ރަނގަޅަށް ނޫން ކަމަށް ވިސްނުނު ކަމަށެވެ.
ކިމް ބުނީ ބޭނުންވަނީ އޭނާ އާއި އެކު ދިރިއުޅެ، ހިޔާލާއި ފިކުރު އެއްގޮތް މީހެއް ކަމަށެވެ. އަބަދު އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރު ކުރަން ޖެހޭ އަދި އެހެން ސްޓޭޓެއްގައި ދިރިއުޅޭ ފިރިއަކު ބޭނުން ނޫން ކަމަށް ބުންޏެވެ.
އޭނާ ބުނީ ގަބޫލު ކުރީ ކުދިންނާއި އާއިލާ އާއި އެކު އުފާވެރި ހިތްހަމަ ޖެހޭ ދިރިއުޅުމެއް އުޅެވޭނެ ކަމަށެވެ. އެކަމަކު ކައިރީގައި އޯގާތެރިކަމާއި އެކު އެކުގައި އުޅޭނެ ފިރިޔަކު ނެތުމުން ދިރިއުޅުން ވަރަށް އެކަނިވެރި ކަމަށެވެ.
ކިމް އަކީ އަބަދުވެސް ގަދައަޅާ ކޮންމެ ކަމަކަށް މަސައްކަތް ކޮށް އެކަމެއް ކާމިޔާބުކޮށް ހާސިލް ކުރާ މީހަކަށް ވާތީ އޭނާ ގަބޫލު ކުރާގޮތުގައި ކުރިޔަށް އޮތްތާ އެކަނިވެރިކަން ފިލައި، އުފާވެރި ދިރިއުޅުމެއް ލިބޭނެ އެވެ.
“ކީޕިން އަޕް ވިތް ކާޑޭޝަން”އަކީ އެމެރިކާގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯ އެވެ. އެ ޝޯ ފެށީ 2007 ވަނަ އަހަރު އެވެ.
މިވޭތުދިޔަ ދިގު މުއްދަތުގައި ކިމް ވަނީ ބިއުޓީ ޕްރޮޑަކްޓްތަކެއް އަމިއްލައަށާއި އާއިލާގެ މެމްބަރުންނާއި އެކު ލޯންޗު ކޮށްފައި އެވެ. އަދި އޭނާ ވަނީ އެ ވިޔަފާރިންނާއި “ކީޕިން އަޕް ވިތް ކާޑޭޝަން” ޝޯއިން ލިބުނު ފައިސާއިން މިދިޔަ މާޗްމަހުގެ ތެރޭގައި ބިލިއަނަރަކަށް ވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް