އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަތައް ބަލައިގަންނަން ފަށައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަތައް ބަލައިގަންނަން ފަށައިފިއެވެ. އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނީ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގު...

13 Jun 2021 | 05:33

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަތައް ބަލައިގަންނަން ފަށައިފިއެވެ.

އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނީ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް އެ އޮފީހުން ބަލައިގަންނަން ފަށާފައިވާ ކަމަށެވެ. އެ ފަދަ މައްސަލަތައް ހުށަހެޅުމަށް ދެ މަސް ދުވަސް ލިބޭނެ ކަމަށް އޮމްބަޑްޕަރސަންގެ އޮފީހުން ބުނެއެވެ.

މައްސަލައިގެ ގޮތުގުގައި ހުށަހަޅަން ޖެހެނީ އިންތިޤާލީ އިންސާފުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 1953 ވަނަ އަހަރުގެ ޖެނުއަރީ 1ން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 އާ ހަމައަށް ފާހަގަ ވެފައިވާ މައްސަލަތަކެވެ.

އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނީ މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ދެ ފޯމެއް ތައާރަފުކޮށްފައިވާނެ ކަމަށާއި އެއީ މައްސަލަ ހުށަހަޅާ ފޯމް އަދި ބަދަލު ހޯދުމަށް އެދޭ ފޯމު ކަމަށެވެ. ފޯމު އީމެއިލް މެދުވެރިކޮށް އަދި އެ އޮފީހުގެ ރިސެޕްޝަނުން ބަލައިގެންނާނެ އެވެ.

އީމެއިލް އެޑްރެސް: [email protected]

މައްސަލަ ހުށަހަޅާ ފޯމާއި ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް އޮފީހުގެ ވެބްސައިޓު ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، އެއިދާރާގެ ނަންބަރު 7337486 އަށް ގުޅުމުން ލިބޭނެ އެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް