ޒީ: ހުނަރުން ފުރިގެންވާ ޒުވާން ކަނބަލެއް!

ހުނަރު ހުރި ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދެވޭތޯ މަސައްކަތް ކުރުމަކީ އުމުރުން 23 އަހަރުގެ، މަރިޔަމް ޒިފާ ޒަހީން (ޒީ)ގެ އެއް އަމާޒެވެ. ސީއެޗްއެސްސީ އިން މަތީ ސާނަވީ ނިންމުމަށް ފަހު، މެލޭޝިޔާގެ ޔުނި...

13 Jun 2021 | 05:13

ހުނަރު ހުރި ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދެވޭތޯ މަސައްކަތް ކުރުމަކީ އުމުރުން 23 އަހަރުގެ، މަރިޔަމް ޒިފާ ޒަހީން (ޒީ)ގެ އެއް އަމާޒެވެ.

ސީއެޗްއެސްސީ އިން މަތީ ސާނަވީ ނިންމުމަށް ފަހު، މެލޭޝިޔާގެ ޔުނިވާސިޓީއަކުން އިންޓީރިއާ އާކިޓެކްޗާރގެ ރޮނގުން ފުރަތަމަ ޑިގުރީއަށް މިހާރު ކިޔަވަމުން އަންނަ ޒިފާ ނިސްބަތް ވަނީ ގދ. ތިނަދުއަށެވެ. އިންޓީރިއާ ޑިޒައިންގގެ މޮޅެތި މަސައްކަތްތަކެއް ކޮށްފައިވާ ޒީގެ ޕޯޓްފޯލިއޯ ވެބްސައިޓް ބަލައިލުމުން މި ރޮނގުގައި އޭނާގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ފެނެއެވެ.

މޮޅު ފޮޓޯގުރަފަރެއް!

https://www.instagram.com/p/B1jPXtGH11G/?utm_medium=share_sheet

ިންޓީރިއާ އާކިޓެކްޗާރގެ އިތުރުން ފޮޓޯގްރަފީގެ ދާއިރާގައި ވެސް އޭނާ އަންނަނީ ފިޔަ ޖަހަމުންނެވެ. އެ ދާއިރާގައި ފާއިތުވި 6 އަހަރު އޭނާ މަސައްކަތް ކުރީ ޝައުގުވެރިކަން ހުރުމުންނެވެ. އެންމެ ފުރަތަމަ މިކަން ފެށުނީ ބޭރުގެ އެކަޑެމީއަކުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ފޮޓޯގްރަފީ ކޯހަކާއި ހިސާބުންނެވެ.

ކިޔެވުމަށް ވަގުތު ހުސްކުރަން ޖެހުމުގެ ސަބަބުންނާއި ކޯވިޑް-19 ފެތުރޭތީ އެޅި ފިޔަވަޅުތަކުގެ ސަބަބަބުން ފޮޓޯނެގުމުގައި މިހާރު މާ ގިނަ ވަގުތު ހޭދަ ނުކުރެވުނު ނަމަވެސް، އިންސްޓަގްރާމަށް އޭނާ ދޫކޮށްފައިވާ ހިތްގައިމު ފޮޓޯތައް ބަލާލުމުން އެ ރޮނގުގައި ވެސް އޭނާގެ ހުނަރުވެރިކަން ވަރަށް ސާފުކޮށް އެބަ ފެނެއެވެ. އޭނާއަކީ ޑިޖިޓަލް އާޓުގެ ދާއިރާގައި އުންމީދީ ތަރިއެކެވެ. ގްރެފިކް ޑިޒައިނިންގެ މަސައްކަތައް ވެސް އޭނާ ކުރެއެވެ. ފޮޓޯ ކުރެހުމާއި، ފޮޓޯ ނެގުމާއި ވީޑިއޯ ޕްރޮޑަކްޝަން މިހެން ގޮސް އޭނާގެ ހުނަރުތައް ކިޔާ ކޮޅުން ނުލާހާ ގިނައެވެ.

ޒީ ބުނި ގޮތުގައި ފޮޓޯނެގުމަކީ އޭނާގެ ޕެޝަންއެވެ. ކެރިއާއެއްގެ ގޮތުގައި އޭނާ އިހުތިޔާރު ކޮށްފައި ވަނީ، އިންޓީރިއާ އާކިޓެކްޗަރިންގ އެވެ. ފޮޓޯނެގުމަށް ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން ގުރޭޑް 10ގައި ތައުލީމް ހާސިލުކުރަމުން ދަނިކޮށް އޭނާގެ ބައްޕަ ވަނީ އޭނާގެ ފުރަތަމަ ކެމެރާ ގަނެދީފައެވެ. ވިޔަފާރި އުސޫލުން ދުވަހަކު ވެސް ފޮޓޯ ނަގައިދީފައި ނުވި ނަމަވެސް، ވަރަށް ގިނަ ފަރާތްތަކުން އެކަމަށް އެދޭ ކަމަށް އޭނާ ބުނެއެވެ. އޭނާ ބުނާ ގޮތުގައި ޒީގެ މޮޑެލުންނަކީ އާއިލީ މީހުންނާއި ރައްޓެހިންނެވެ. ވިޔަފާރީގެ އުސޫލުން ނުކުރަނީ އެކަމަށް ވަގުތު ނުވާތީ ކަމަށް ޒީ ބުނެއެވެ.

https://www.instagram.com/p/B6v7EbzJkYY/?utm_medium=copy_link

ޝައުވެރިކަން ހުންނަ އިތުރުކަންކަން!

ފޮޓޯގުރަފީ އާއި އިންޓީރިއާ އާކިޓެކްޗާރ ފިޔަވައި ދެން އެންމެ ޝައުގުވެރި ވަނީ ކުރެހުމަށް ކަމަށް ޒީ ބުންޏެވެ. އަދި މިއުޒިކު އިންސްޓްރޫމަންޓް ދަސްކުރުމާއި ލަވަކިޔުމަކީ ވެސް ހޮބީގެ ގޮތުގައި ކުރާ ޝައުގުވެރިކަން ހުންނަ ކަންކަން ކަމަށް ޒީފާ ބުނެއެވ. ކޮންމެ ވެސް ވަރަކަށް އޭނާއަށް މިހާރު ކީބޯޑާއި ކުޅެން އެނގެއެވެ. އެހެންކަމުން ލަވަކިޔަމުން ބައެއް ރާގުތައް ޖަހާލެވޭނެ ކަމަށް ޒީ ބުންޏެވެ. ޒީ ބުނީ ގޮތުގައި ކީބޯޑަށް ވުރެ އޫކުލެލޭއަށް އޭނާ މާ ފަރިތަވާނެއެވެ.

https://www.instagram.com/p/BtSqMl5H_iN/?utm_medium=share_sheet

ފޮޓޯނަގަން ދަސްކުރީ ކިހިނެއް؟

ކުރިން ވެސް ބުނި ގޮތަށް ފޮޓޯނެގުމުގެ ދާއިރާގައި ފުރަތަމަ އެޅުނު ބިންގާއަކީ އޭނާ ދެކޭ ގޮތުގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ ފޮޓޯގުރަފީ ބޭސިކް ކޯހެކެވެ. އެއީ ދިރާގުގައި އިންޓާންޝިޕެއް ފުރިހަމަކުރަމުން ދިޔަ އިރުއެވެ. އެއަށް ފަހު އިތުރަށް ދަސްކުރީ ޔޫޓިއުބްގެ ޓިއުޓޯރިއަލްތައް ބަލައިގެންނެވެ. ފޮޓޯ ނެގުމުގެ އިތުރުން ފޮޓޯ އެޑިޓްކުރަން ވެސް އޭނާ މޮޅެވެ. އޭނާ ވަނީ ޔޫޓިއުބުން ފޮޓޯޝޮޕް އަދި ލައިޓްރޫމް ވަރަށް ބޮޑަށް ދަސްކޮށްފައެވެ.

އެންމެ ބޮޑު ސަޕޯޓެއް ލިބެނީ ކޮންބައެއްގެ ފަރާތުން؟

ޒީ ބުނި ގޮތުގައި މީހާތަނަށް އެންމެ ބޮޑު ސަޕޯޓެއް ލިބެނީ އޭނާގެ އާއިލާގެ ފަރާތުންނެވެ. އަދި ރައްޓެހިންގެ ފަރާތުން ވެސް އޭނާއަށް މި ކަމުގައި ހިތްވަރު ލިބެއެވެ.

"ދުވަސް"ގެ ފަރާތުން ޒިއަށް އިތުރު ކާމިޔާބީ އާއި ކުރި އެރުމަށް އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް