'ދި ޕްރިޓީ ލިޓްލް ލަޔަރސް' އިން މަޝްހޫރުވި ޓްރެއަން ކާރު ތެރެއަށް ވިހައިފި

'ދި ޕްރިޓީ ލިޓްލް ލަޔަރސް' އިން މަޝްހޫރުވި ޓްރެއަން ބެލެސާރިއޯ ކާރުތެރެއަށް ވިހައިފިއެވެ. ޓްރެއަން އާއި ޕެޓްރިކް ޖޭ އެޑަމްސް އަށް މިފަހަރު ލިބިފައި ވަނީ އަންހެން ކުއްޖެކެވެ. ވިހެއުމަށްޓަކައި ދެމަފިރިނ...

13 Jun 2021 | 05:12

'ދި ޕްރިޓީ ލިޓްލް ލަޔަރސް' އިން މަޝްހޫރުވި ޓްރެއަން ބެލެސާރިއޯ ކާރުތެރެއަށް ވިހައިފިއެވެ.

ޓްރެއަން އާއި ޕެޓްރިކް ޖޭ އެޑަމްސް އަށް މިފަހަރު ލިބިފައި ވަނީ އަންހެން ކުއްޖެކެވެ. ވިހެއުމަށްޓަކައި ދެމަފިރިން ކާރުގައި ހޮސްޕިޓަލަށް ދިޔަ ނަމަވެސް، ކާރުން ފޭބުމުގެ ކުރީގައި ޓްރެއަން ވަނީ ކާރުތެރެއަށް ވިހާފައެވެ.

އެވަގުތު ކަންތައްވީގޮތް ކިޔައިދެމުން ޕެޓްރިކް ބުނެފައި ވަނީ، ހޮސްޕިޓަލަށް ދެވުމާއެކު އެހީއަށް އެދި ގޮވިކަމަށާއި، ޓްރެއަން ގެންދިއުމަށްޓަކައި ފުރޮޅުލީ ގޮނޑިއެއް ގެނެސް ދިނުމަށާއި ޑޮކްޓަރުންނާއި ނަރުހުންނަށް ގޮވުމަށް މީހެއްގާތު އެދުނު ކަމަށެވެ.

އެވަގުތު ކާރުތެރޭގައި އޮތް ޓްރެއަންގެ ފަރާތުން ވިހެއުމުގެ އަލާމާތްތައް ފެންނަން ފެށުމުން ޕެޓްރިކް، ޓްރެއަންއަށް އެހީތެރިވެދިނެވެ. އަދި ވިހެއީ އޭގެ އިރުކޮޅެއްފަހުން ކާރުގައެވެ.

ޕެޓްރިކް އެމީހުންގެ ދަރިފުޅު ނެގުމުން، ޓްރެއަން ބަލައިލިއިރު، އެކޮޅުކޮޅުން އޮތް ދަރިފުޅު ރޮނީއެވެ. އެވަގުތު ކަންތައް ވީގޮތް ކިޔައިދެމުން ޓްރެއަން ބުނީ، ޕެޓްރިކް އަށް ބަލާލެވުނުއިރު، ދަރިފުޅު އެކޮޅުކޮޅުން ހިފަހައްޓައިގެން ހުރިތަން ފެނުނު ކަމަށެވެ. އަދި ވިހޭ ވަގުތު ދަރިފުޅު ރޮއެގަތުމުން، ދަރިފުޅު ނޭވާލާކަމާއި، ދަރިފުޅު ސަލާމަތުން އޮތްކަން އެނގުނުކަމަށެވެ.

ދަރިފުޅުގެ ފޮޓޯ އިންސްޓްގްރާމްގައި ހިއްސާކުރަމުން ޕެޓްރިކް ބުނެފައިވަނީ، ދަރިފުޅު ދުނިޔެއަށްއައި ތަފާތު ގޮތާ އެއްގޮތަށް ދަރިފުޅުގެ ދިރިއުޅުންވެސް ތަފާތު ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް