ރާއްޖެއިން ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 196 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ދިވެހި އަންހެނެއް، މިރޭ ޭ10:00 ގަި ނިޔާވެފައި ވެއެވެ.
މިއީ ރާއްޖެއިން ކޮވިޑްގައި ނިޔާވި 196 ވަނަ މީހާއެވެ.
https://twitter.com/HPA_MV/status/1403788541264482304
ލާމު ކޮވިޑް ފެސިލިޓީއިން އުމުރުން ދުވަސްވީ މީހަކު މިރޭ ނިޔާވެފައި ވެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި މިރޭ10:54 ހާއިރު ނިޔާވެފައި ވަނީ އުމުުރުން92 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ ލ. ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ، އުމުރުން25 އަހަރުގެ ދިވެހި އަންހެނެއް ވެސް މިއަދު ނިޔާވެފައި ވެއެވެ. އޭނާ ނިޔާވުމުގެ ކުރިން ހާލު ސީރިއަސްވުމުން ދަރިފުޅު ނަގާފައިވާކަމުގެ މައުލޫމާތު ލިބެއެވެ. ދަރިފުޅުގެ ހާލު ރަނގަޅުކަމަށްވެސް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް