ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ކަނޑައަޅައިފި

މި އަހަރުގެ ފިތުރު އީދު ދުވަހަކީ ޖޫން މަހުގެ 15 ވާ ހުކުރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ. ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ...

13 Jun 2018 | 16:37

މި އަހަރުގެ ފިތުރު އީދު ދުވަހަކީ ޖޫން މަހުގެ 15 ވާ ހުކުރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިއްވި، ޝައްވާލް މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ކަނޑައެޅީ މިއަދުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް ޝައްވާލް މަހުގެ ހަނދު ސާބިތުވެފައި ނުވާތީ އެވެ. އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް މި ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެފައި ނުވާތީ ކަމަށް އެ ގަރާރުގައިވެ އެވެ.

އެ ގަރާރުގައި ބުނެފައިވަނީ މާދަމާ އަކީ މި ރޯދަ މަހުގެ 30 ވަނަ ދުވަސް ކަމަށެވެ. އިސްލާމިކް މިނިސްޓްރީން މިއަހަރަށް ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވެސް މާދާމައަކީ މިއަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

ގަރާރުގައި  އެންމެހާ ދިވެހިންނަށް ފިތުރު އީދުގެ ތަހުނިޔާ ދަންނަވާ ކަމަށާއި ރޯދަ މަހުގެ އަޅުކަމުގެ ފުރިހަމަ ސަވާބު އެންމެހާ ދިވެހިންނަށް ދެއްވުމަށް ވެސް އެދޭ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް