ކާށިދޫ ބޮޑު ކަނޑަށް އަރިއަޅާނި ދޯންޏަށް ދިޔަވުން ކޮންޓްރޯލްކޮށްފި

މުދާ އުފުލާ ދޯންޏެއް ކާށިދޫ ބޮޑު ކަނޑަށް އަރި އަޅާލައި ދިޔަވާން ފެށުމުން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އާދަމް އާޒިމް ވިދާޅުވީ އެ ހާދިސާގެ ރިޕޯ...

13 Jun 2018 | 15:51

މުދާ އުފުލާ ދޯންޏެއް ކާށިދޫ ބޮޑު ކަނޑަށް އަރި އަޅާލައި ދިޔަވާން ފެށުމުން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އާދަމް އާޒިމް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ކޯސްޓްގާޑަށް ކުރީ މިރޭ 7:45 ހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ "ވީނަސް" ނަމަކަށް ކިޔާ އެ ދޯނި އޮތީ ގާފަރުގެ ހުޅަނގު އުތުރުން 13 މޭލު ބޭރުގައި ކަމަށެވެ.

ހާދިސާ ހިނގި އިރު ދޯނީގައި ދިވެއްސަކާއި ތިން ބިދޭސީން ތިއްބެވެ. އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާއިރު ދޯންޏަށް ދިޔަވުން ކޮންޓްރޯކް ކުރީ ދޯނީގައި ހުރި ލަނކުޑިތަކެއް ކަނޑަށް ދޫކޮށްލައިގެން ނެވެ.

އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ގާފަރުގައި އޮތް ސީއެމްބިއުލާންސާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަންދެއް ގުޅިގެންނެވެ.

އެ ދޯނި ދަތުރު ކުރަމުން ދިޔައީ މާލެއިން ފުރައިގެން ބ. އަތޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް