ލ. އަތޮޅުގެ ބައެއް ރަށްރަށަށް ލޮޅުމެއް އަރައިފި

ލ. އަތޮޅުގެ ބައެއް ރަށްރަށަށް ލޮޅުމެއް އަރައިފި އެވެ.. މިއަދު ހެނދުނު 11:34 އެހާއިރު ލ. އަތޮޅުގެ ތިން ރަށަކަށް ލޮޅުން އެރި ކަމަށް މެޓް އޮފީހުގެ އޮފިޝަލަކު ވަނީ ދުވަހަށް ޔަގީން ކޮށްދެއްވާފައި އެވެ. އެކ...

13 Jun 2018 | 07:07

ލ. އަތޮޅުގެ ބައެއް ރަށްރަށަށް ލޮޅުމެއް އަރައިފި އެވެ..

މިއަދު ހެނދުނު 11:34 އެހާއިރު ލ. އަތޮޅުގެ ތިން ރަށަކަށް ލޮޅުން އެރި ކަމަށް މެޓް އޮފީހުގެ އޮފިޝަލަކު ވަނީ ދުވަހަށް ޔަގީން ކޮށްދެއްވާފައި އެވެ. އެކަމަކު އޭނާ ވިދާޅުވީ އެއީ ބިން ހެލުން ރިކޯޑު ކުރުމުގެ މިންގަނޑުން ބަލާވަރު ހެލުމެއް ނޫން ކަމަށެވެ.

މެޓް އޮފީހުން ބުނީ ލޮޅުން އަރައިގެން ރިޕޯޓު ކުރީ ގަމާއި ކައްދު އާއި ފޮނަދޫގެ އިތުރުން މާންދޫއިން ކަމަށެވެ. އެކަމަކު އެއްވެސް ރަށަކަށް ގެއްލުންވި ކަމުގެ ރިޕޯޓު ނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ލޮޅުން ވަނީ ކާޑެއްދޫގައި ހުންނަ ސިސްޓަމްއަށް ވަގުތުން ދައްކާފައި ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އިންޑޮނޭޝިޔާގެ ސުމަޓްރާގެ ހުޅަނގުން އޮންނަ މެންޓާވީ އައިލެންޑްގެ ހުޅަނގު ދެކުނުން 105 ކިލޯ މީޓަރު ދުރަށް ރެކްޓާ މިންގަނޑުން 5.9 ގެ ބާރުމިނުގައި ރޭ ފަތިހު ވަނީ ބިންހެލުމެއް އައިސްފަ އެވެ. އެކަމަކު ލ. އަތޮޅުގެ ބައެއް ރަށްރަށަށް އައި ލޮޅުމާއި އެ ބިން ހެލުމާއި އެއްވެސް ގުޅުމެއް ނުވާކަމަށް މެޓް އޮފީހުން ބުނެ އެވެ.

މިދިޔަ މަހުގެ ތެރޭގައި، ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަނީ ލޮޅުމެއްގެ އިހުސާސް ކުރެވިގެން ރިޕޯޓުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް