ބެލުންތެރިންނާއި ހަމައަށް ވޯލްޑްކަޕް ގެނެސްދިނުމުގައި ޕީއެސްއެމްގެ ޕާޓްނަރަކަށް ޕޮއިޒް

މުޅި ދުނިޔެ އިންތިޒާރު ކުރަމުން އަންނަ ރަޝިޔާ ވޯލްޑްކަޕް 2018 ދިވެހީންނާއި ހަމައަށް ގެނެސްދިނުމަށް ޕީއެސްއެމްއިން ކުރިއަށްގެންދާ ހާއްސަ ކަވަރޭޖްގެ ޕާޓްނަރަކަށް ޕޮއިޒް ވެއްޖެ އެވެ. ޕޮއިޒް އާއި ޕީއެސްއެ...

13 Jun 2018 | 04:48

މުޅި ދުނިޔެ އިންތިޒާރު ކުރަމުން އަންނަ ރަޝިޔާ ވޯލްޑްކަޕް 2018 ދިވެހީންނާއި ހަމައަށް ގެނެސްދިނުމަށް ޕީއެސްއެމްއިން ކުރިއަށްގެންދާ ހާއްސަ ކަވަރޭޖްގެ ޕާޓްނަރަކަށް ޕޮއިޒް ވެއްޖެ އެވެ.

ޕޮއިޒް އާއި ޕީއެސްއެމްއާއެކު މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޕީއެސްއެމްގައި މިކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ. ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓަރ އޮފް މާކެޓިން އެންޑް އީކޮމާސް އިބްރާހިމް ނަސްރީން އެވެ. އަދި ޕޮއިޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕޮއިޒްގެ ޗީފް މާކެޓިން އޮފިސަރ އަބްދުﷲ ޚުޝާމް އެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސްރީން ވިދާޅުވީ ވޯލްޑްކަޕްގެ އެކި އެކި ކުއިޒް ތަކާ އެހެނިހެން ޕްރޮމޯޝަންތަކުގަ ޕޮއިސްގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށާއި ޕޮއިޒް އިން މި ކަވަރޭޖްގައި ބައިވެރި ވުމަކީ އާންމުންގެ ބައިވެރިވުން އިތުރު ކުރުމަށް ކަވަރޭޖަށް ލިބުނު ހިތްވަރެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޕޮއިޒްގެ ޗީފް މާކެޓިން އޮފިސަރ ޚުޝާމް ވިދާޅުވީ ޕީއެސްއެމްއިން ކުރިއަށްގެންދާ މިފަދަ ބޮޑުކަމެއްގައި ބައިވެރިވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި ކަވަރޭޖް ފުރިހަމަ ކުރުމަށް ޕޮއިޒް އިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"ގިނަ ރައްޔިތުން މިތިބީ ވޯލްޑްކަޕް ބަލައިލުމަށް ޕީއެސްއެމްގެ ޓީމާއެކު، ޕީއެސްއެމް ޓީމަކީ ވޯލްޑްކަޕެއް ރައްޔިތުންނާ ހަމައަށް ގެނައުމަށް އެންމެ ކޮލިފައިޑް ޓީމް" ޚުޝާމް ވިދާޅުވި އެވެ.

ޕޮއިޒް އަކީ ދިވެހީންގެ މެދުގައި މަގްބޫލު ބޮޑީ ސްޕްރޭ އަދި ސެންޓުގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏެވެ. ޕޮއިޒް އިން ރާއްޖެއަށް ތައާރަފްކޮށް ވިއްކަމުން އަންނަ މަގްބޫލު އުފެއްދުންތަކުގެ ތެރޭގައި ހޮޓް އައިސް، ފޮގް އަދި މީގެ އިތުރުންވެސް މަގްބޫލު އެތައް ބްރޭންޑެއް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް