ފޮޓޯއިން ތިޔަ ފެންނަނީ މިސްރުގެ ގައުމީ ޓީމް އަދި ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހެއް ނޫނެނެވެ. ނަމަވެސް މީވެސް ސަލާހު ކުޅޭ މަގާމަށް ކުޅޭ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެކެވެ.
ނަމަކީ ހުސެން އަލީއެވެ. އުމުރުން 21 އަހަރުގެ އަލީއަކީ އިރާގަށް އުފަން އަދި އެގައުމުގެ އަލް ޒަވަރާ އަށް ކުޅެމުން ގެންދާ ކުޅުންތެރިއެކެވެ. އަލް ޒަވަރާ އަކީ އިރާގުގެ ޕްރިމިއާ ލީގުގައި ވާދަ ކުރާ އަދި މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ޓީމެވެ. މީގެ އިތުރުން އަލީ އިރާގުގެ ގައުމީ ޓިމަށްވެސް ކުޅެއެވެ.
އަލީ ބުނި ގޮތުގައި އޭނަ މަސައްކަތް ކުރަނީ ހަމައެކަނި ސަލާހުއާ ވައްތަރުވުމަށް ނޫންކަމަށާއި ސަލާހުގެ ކުޅުމުގެ ސްޓައިލް ދަސް ކުރުމަށްވެސް މަސައްކަތް ކުރާކަމަށް އަލީ ބުންޏެވެ. އަލީވެސް ކުޅެނީ ސަލާހު ކުޅޭ މަގާމު ކަމުގައިވާ އެޓޭކިން މިޑްފީލްޑަރެއްގެ މަގާމަށެވެ. މީގެ އިތުރުން އަލީ ބުނިގޮތުގައި ސަލާހުއެކޭ އެއްގޮތަށް އޭނަވެސް ގުރުއާން ކިޔަވައި މާތް ﷲ ގެ ހަޒްރަތުން ވާގި އެދޭކަމަށެވެ.
ސަލާހުއާއި ވައްތަރުވުން އިރާގުގައި އޭނަ ވަރަށް މަޝްހޫރުވެފައިވާކަމަށް އަލީ ވަނީ ބުނެފައެވެ. ތަނަކަށް ދިޔަނަމަވެސް އަދި މަގުމަތިން ދިޔަނަމަވެސް ގިނަ ބަޔަކު އޭނައާއި އެކީގައި ފޮޓޯނަގަން ބޭނުންވާކަމަށް އަލީ ވަނީ ބުނެފައެވެ. މިވަގުތު އަލީގެ އުންމީދަކީ ސަލާހުއާއި ބައްދަލު ކޮށްލުމެވެ. ވޯލްޑް ކަޕް ބަލާލުމަށް ރަޝިޔާއަށް އައުމަށް ސަލާހު ދައުވަތު ދޭނެކަމަށްވެސް އަލީ އުންމީދުކުރެއެވެ.
މީގެ ކުރިން ވަނީ ސަލާހުއާއި ވައްތަރުވުމުން މިސްރުގެ އިންޖިނިއަރެއްވެސް މަޝްހޫރުފެފައެވެ. އުމުރުނ 30 އަހަރުގެ އަހްމަދު ބަހާއާއި ސަލާހު ވަނީ ބައްދަލުވެސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް