ޗައިނާ މީހަކު ބޭނި މަހެއްގައި ދޫންޏެއްގެ ބޮލެއް !

ދޫންޏެއްގެ ބޮލާ ސިފަވާ ވައްތަރުގެ ބޮލެއް ހިމެނޭ މަހެއް ޗައިނާގައި ބާނައިފިއެވެ. މި މަސް ބާނައިފައި ވަނީ ޗައިނާގެ ގުޔަން ސިޓީ އާއި ކައިރިންނެވެ. މި މަހުގެ ވީޑިއޯއެއް ޔޫޓިޔުބްގައި ދައުރުވަމުންދާއިރު މިމ...

13 Jun 2018 | 04:13

ދޫންޏެއްގެ ބޮލާ ސިފަވާ ވައްތަރުގެ ބޮލެއް ހިމެނޭ މަހެއް ޗައިނާގައި ބާނައިފިއެވެ.

މި މަސް ބާނައިފައި ވަނީ ޗައިނާގެ ގުޔަން ސިޓީ އާއި ކައިރިންނެވެ. މި މަހުގެ ވީޑިއޯއެއް ޔޫޓިޔުބްގައި ދައުރުވަމުންދާއިރު މިމަހުގެ ބޯ އެއްބަޔަކު ކޮތަރެއްގެ ބޮލާ އަޅާކިޔާއިރު އަނެއްބަޔަކު ކޯމަސް އަދި ގުރައެއްގެ ބޮލާވެސް އަޅާކިޔަމުން ގެންދެއެވެ.

މިހާރު ހޯދިފައިވާގޮތުގައި މި މަހަކީ ކޯރުގާއި އުޅޭ އާމު މަހެއްކަމުގައިވާ ކާޕް އާއިލާއަށް ނިސްބަތްވާ މަހެކެވެ. ޗައިނާގެ ކަނޑުގެ ތަޖުރިބާކާރެއްކަމުގައިވާ ޔެން ޒިން ބުނެފައިވަނީ މި މަހުގެ ބޯ އެގޮތަށް އުފެދެން މެދުވެރިވެދާނެ ސަބަބުތަކެއް އެބަ ހުރިކަމަށެވެ. މި ގޮތުން އެއް ސަބަބަކީ މިމަސް ބޮޑުވެގެން އައިރު އޮކްސިޖަން ރަނގަޅަށް ނުލިބުމެވެ. އަދި އެހެން ސަބަބަބު ތަކުގެ ތެރޭގައި މަހުގެ ބިހަށް ގެއްލުމެއް ލިބުމުގެ އިތުރުން ގެނެޓިކް މިއުޓޭޝަން އެއް އުފެދުން ކަމުގައި އޭނާ ބުނެފައި ވެ އެވެ.

މިމަސް ބޭނުމަށްފަހު އަލުން ވަނީ ކޯރަށް ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް