ސައުދީގައި މި އަހަރުގެ ފިތުރު ޢީދުގެ ޗުއްޓީގެ މުއްދަތަކީ 10 ދުވަސް ކަމުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އިއުލާނު ކުރައްވައިފި އެވެ.
މިކަން އިއުލާނު ކުރައްވާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
މިދިޔަ އަހަރު ފިތުރު ޢީދު ޗުއްޓީއަށް 16 ދުވަސް ދީފައިވާއިރު މި އަހަރު ދީފައިމިވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ހަ ދުވަސް މަދު ޗުއްޓީ އެކެވެ.
ސައުދީގައި ޢީދު ޗުއްޓީ ފެށޭނީ ޖޫން 15ގައި އެވެ. އަދި ޗުއްޓީ ނިމި މުވައްޒަފުން ޑިއުޓީއަށް ނިކުންނަން ޖެހޭނީ ޖޫން 24 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް