ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
ވައިޓް އެލާޓްގައި ބުނެފައިވަނީ ބ އަތޮޅާއި ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
މެޓް އޮފީހުން މި ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 07:35ގައި އެވެ. ވައިޓް އެލާޓް ނެރެފައިވާއިރު ރެއިން ފެށިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް