ޖަމްޢިއްޔަތުލް ފަލާޙްގެ 46 ވަނަ ޤުރްއާން މުބާރާތް ކުރިއަށްދަނީ

ޖަމްޢިއްޔަތުލް ފަލާޙްގެ ފަރާތުން ކޮންމެ ރަމަޟާން މަހަކު ބާއްވަމުންގެންދާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތް މި ރަމަޟާން މަހުގެ 14 ވަނަ ދުވަހު ފަށައިގެން ކުރިއަށް އެބަދެއެވެ. ޖަމްއިއްޔަތުލް ފަލާޙް ގައ...

13 Jun 2017 | 05:40

ޖަމްޢިއްޔަތުލް ފަލާޙްގެ ފަރާތުން ކޮންމެ ރަމަޟާން މަހަކު ބާއްވަމުންގެންދާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތް މި ރަމަޟާން މަހުގެ 14 ވަނަ ދުވަހު ފަށައިގެން ކުރިއަށް އެބަދެއެވެ.

ޖަމްއިއްޔަތުލް ފަލާޙް ގައި ކުރިއަށްދާ މި މުބާރަތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މާލޭގެ ޕްރައިމަރީ، ސެކަންޑްރީ އަދި ހަޔަރ ސެކަންޑްރީ ސްކޫލް ތަކަށްކަމަށް އެޖަމްޢިއްޔާއިން ޚަބަރުދެއެވެ. މި މުބާރާތުގައި މިފަހަރު ބައިވެރި ވީ 19 ސްކޫލް އަކުން 540 ދަރިވަރުންނެވެ. ކިޔެވުމަށް ހަމަޖެހިފައި ވަނީ ހިތުން ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ. ހިތުން ކިޔެވުމުގެ ގޮފިން 177 އަދި ބަލައިގެން ކިޔެވުމުގެ ގޮފިން 363 ދަރިވަރުންނެވެ.

މުބާރާތުގެ މަޤްސަދަކީ ދަރިވަރުންގެ މެދުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ހިއްވަރު ދިނުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤުރްއާން ކިޔަވަންދަންނަ ގިނަ ދަރީންތަކެއް އުފެއްދުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް