ޝާރުކް އާއި ސަލްމާން ފޯރބްސްގެ އެންމެ މުއްސަނދި ތަރިންގެ ލިސްޓުގައި ހިމެނިއްޖެ

އެމެރިކާގެ މަޝްޙޫރު ބިޒްނަސް މެގަޒިން ފޯރބްސްއިން ކޮންމެ އަހަރަކު ނެރޭ ދުނިޔޭގެ އެންމެ މުއްސަނދި ތަރިންގެ ލިސްޓުގައި ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމީ ތަރިންކަމުގައިވާ ޝާރުކް ޚާން އާއި ސަލްމާން ޚާން ހ...

13 Jun 2017 | 04:44

އެމެރިކާގެ މަޝްޙޫރު ބިޒްނަސް މެގަޒިން ފޯރބްސްއިން ކޮންމެ އަހަރަކު ނެރޭ ދުނިޔޭގެ އެންމެ މުއްސަނދި ތަރިންގެ ލިސްޓުގައި ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމީ ތަރިންކަމުގައިވާ ޝާރުކް ޚާން އާއި ސަލްމާން ޚާން ހިމެނިއްޖެ އެވެ.

38 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު ޝާރުކް ހިމެނެނީ ލިސްޓުގެ 65 ވަނައިގަ އެވެ. އެ ލިސްޓުގެ 71 ވަނަގައި ސަލްމާން ހިމެނެނީ 37 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު އެވެ.

އެތަރިންގެ އިތުރުން ބޮލީވުޑްގެ މަގުބޫލު ތަރި އަކްޝޭ ކުމާރުވެސް ވަނީ އެ ލިސްޓުގައި ހިމެނިފަ އެވެ. އެއީ 35.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު 80 ވަނަ ގަ އެވެ.

130 މިލައަން ޑޮލަރުގެ އާންމަދީއަކާއެކު ޕޯރބްސްގެ އެ ލިސްޓުގައި އެންމެ ކުރީގައި އޮތީ އެމެރިކާގެ މަޝްޙޫރު ރެޕާރ އަދި ލަވަކިޔުންތެރިޔާ ޝޯން ކޮންބްސް އެވެ. އެއާއި ޖެހިގެން އެންމެ ކުރީގައި ދެން އޮތީ 105 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު ބިޔޯންސޭ ނޯލްސް އެވެ.

ލިސްޓުގެ ތިން ވަނަގައި 95 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު ހެރީ ޕޯޓާގެ ލިޔުންތެރިޔާ ޖޭކޭ ރޯލިންގ އޮތްއިރު، ހަތަރު ވަނަގައި އޮތީ ކެނެޑާގެ ރެޕާރ ޑްރޭކް އެވެ. އެއީ 94 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު އެވެ.

ގަދަ ފަހެއްގެ ޖާގަ ހޯދާފައިވަނީ 93 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު މަޝްޙޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް