ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީއަށް ޤަތަރު މީހުން ވަނުން މަނާކުރިކަމަށް ދެކެވެމުންދާ ވާހަކަތައް ސަޢުދި ޢަރަބިއްޔާއިން ދޮގުކޮށްފި އެވެ.
މަސްޖިދުލް އަލް ޙަރަމްއާއި މަސްޖިދުލް އަލް ނަބަވިއްޔާ ބެލެހެއްޓުމާއި ހާވަލުވެ ހުންނަވާ އެ މިސްކިތުގެ ޖެނެރަލް ޕްރެޒިޑެންސީއިން އެ ފަރާތުގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޤަތަރުން ޚައްޖުގެ އަޅުކަން އަދާކުރުމަށް މީހުން އައުން މާނާކޮށްފައި ނުވާނެކަމަށާއި މި ރޯދަމަހުވެސް ޢުމްރާގެ އަޅުކަން އަދާކުރުމަށް 1633 ޤަތަރު މީހުނަށް ފުރުޞަތު ދީފައިވާނެ ކަމަށެވެ.
އެބާޔާނުގައި އިތުރަށް ބުނެފައިވަނީ އެ ބަޔާން ނެރެންޖެހުނީ ޝޯޝަލް މީޑިއާ މެދުވެރިކޮށް ޤަތަރު މީހުނަށް މައްކާއަށް ޙައްޖުގެ އަޅުކަން އަދާކުރަން އައުމަށް ސަޢުދީއިން މަނާކުރިކަމަށް ބުނެ ދޮގު ޙަބަރުތައް ފަތުރަމުންދާތީ ކަމަށެވެ. އަދި އެފަދަ ދޮގު ޙަބަރުތައް ނުފަތުރާއި މީހުނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށްވެސް އެދިފައިވެ އެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އަންނަ އެއްވެސް މީހަކައިމެދު ތަފާތުކުރުން ނުގެންގުޅޭނެ ކަމަށާއި، އަދި އަޅުކަން އަދާކުރަން އަންނަ ފަރާތްތަކަށް ސަޢުދީ ސަރުކާރު ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތެއް ފުރިހަމައަށް ހަމަ ޤަތަރުގެ މީހުނަށްވެސް ލިބޭނެކަމުގެ ޔާޤީންކަން ޕްރެޒިޑެންސީ ދެއްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް