އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
މޯދީ ޓްރަމްޕާއި ބައްދަލުކުރައްވާނީ މި ޖޫން މަހުގެ 25 އިން 26 އަށް އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގާކަމަށް އިންޑިއާގެ އެކްސްޓާރނަލް އެފެއާރޒް މިނިސްޓްރީން މިހާރުވަނީ ޢިއުލާނުކޮށްފަ އެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ ބައްދަލުވުމުގައި މޯދީއާއި ޓްރަމްޕް ރަސްމީ ވާހަކަފުޅުތައް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެދެވެރިން އަދި ދިމާނުވި ނަމަވެސް، އެމެރިކާގެ ވެރިކަމާއި ޓްރަމްޕް ހަވާލުވެވަޑައިގަތްފަހުން ތިން ފަހަރަކު އެ ދެ ވެރިން ފޯނުން މުހާތަބު ކުރައްވާފައިވެ އެވެ.
އެ ބައްދަލުވުމުގައި އިންޑިއާއި އެމެރިކާއާއި ދެމެދު އޮންނަ ގުޅުމާއި މެދު މަޝްވަރާކޮށް، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއިމެދު މަޝްވަރާކުރެވޭނެ ކަމަށް އެ މިންސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ ބައްދަލުވުމުގައި، އެމެރިކާގައި އެޗް ވަން ބީ ވިޒާ ދޫކުރުމަށް ގެންނަން ނިންމާފައިވާ ހަރުކަށި ބަދަލުގެ މުހިއްމުކަމާއި، އަދި ޕެރިސް އެގުރިމެންޓާއި އެމެރިކާ ސަރުކާރުން ދެކޮޅުހެދި ވާހަކަތަކާއިމެދު މަޝްވަރާ ކުރާނެކަށް ބެލެވޭކަމަށެވެ.
މޯދީ އެންމެފަހުން އެމެރިކާއަށް ވަޑައިގަތީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އޮބާމާ ދެއްވި ދައުވަތަކަށް މިދިޔަ އަހަރު ޖޫން މަހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް