ގިބްލަ ބަލާނެ ވެބް އެޕްލިކޭޝަނެއް ގޫގަލުން ތައާރަފް ކުރިންކަން އެނގޭތަ !

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސާރޗް އިންޖީން ގޫގުލްއިން ގިބްލަ ފައިންޑާގެ ނަމުގައި ގިބްލަ ބަލާނެ ވެބްއެޕްލިކޭޝަނެއް މިދިޔަ އާދިއްތަ ދުވަހު ތަޢާރަފްކޮށްފި އެވެ. މިހާ ހުންނަ ލޮކޭޝަން އެނޭބަލް ކ...

13 Jun 2017 | 04:26

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސާރޗް އިންޖީން ގޫގުލްއިން ގިބްލަ ފައިންޑާގެ ނަމުގައި ގިބްލަ ބަލާނެ ވެބްއެޕްލިކޭޝަނެއް މިދިޔަ އާދިއްތަ ދުވަހު ތަޢާރަފްކޮށްފި އެވެ.

މިހާ ހުންނަ ލޮކޭޝަން އެނޭބަލް ކުރުމުން އެ އެޕްލިކޭޝަންގެ ޙިދުމަތް ކޮންމެ ކަހަލަ ސްމާޓް ފޯނަކުން ވިޔަސް، މޯބައިލް ބްރޯޒާއެއް މެދުވެރިކޮށް ބޭނުންކުރެވޭނެ އެވެ.

އެންޑޮރޮއިޑް އަދި އައިއޯސް ޑިވައިސްތަކުގައި އެ ވެބްއެޕްލިކޭޝަން ބޭނުންކުރާނީ ރިއަލިޓީ ޓެކްނޮލޮޖީ އެވެ. އެއާއެކު އެމީހަކު ހުރި ތަނަކުން ކާބާއާއި ހަމައަށް ނޫކުލައިގެ ރޮނގަކުން ޗާޓެއް މަތީ ގިބްލަ އިންނަ ދިމާ ފެންނަ އިންނާނެ އެވެ.

ގިނަ ފަހަރަށް ގިބްލަ އިންނަ ދިމާލެއް ނޭނގިގެން ގިނަ ބަޔަކު ވަރަށް އުނދަގުލުން އެކި ވެބްސައިޓުތަކާއި އެޕްލިކޭޝަންތައް ބޭނުންކުރެ އެވެ. ގޫގުލް އިން ބުނީ އެ އެޕްލިކޭޝަން ތަޢާރަފްކުރީ އެކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

ގޫގުލް އިން އަންނަނީ މި ރަމަޟާން މަހު އެ ކުންފުނީގެ އެކި އެފްލިކޭޝަންތައް ބޭނުންކުރަން ފަސޭހަވާނެ ގޮތައް އަޕްޑޭޓްސްތައްވެސް ގެންނަމުންނެވެ. އެގޮތުން ރަމަޟާން މަހަށް ޚާއްޞަކޮށް ގޫގޫލް މެޕްސްއިން ޚާއްސަ ނޮޓިފިކޭޝަން ލިބޭނެ ޙިދުމަތާއި، ގޫގުލް ޕްލޭ ސްޓޯރ އިން ގަންނަން ލިބެންހުރި ޓޮޕް ޕްރިމިއަމް އެޕްލިކޭޝަންއާއި އިންޓާރނެޓް ފޮތްތަކުން ޑިސްކައުންޓާއި، އަދި ރޯދަމަހު ގިނަ ބަޔަކު ބަލާ މަގުބޫލު ޢަރަބި ޓީވީ ސީރީޒްތައް ޔޫޓިއުބް ޗެނަލް "މޫސާސަލަތް" މެދުވެރިކޮށް ބެލޭނެގޮތްވަނީ ހަމަޖައްސާދީފަ އެވެ.

ގޫގުލް ޤިބްލަ ފައިންޑާރ އާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިހާރު ގޫގުލް ރަމަދާން ހަބް އިން ލިބެން ހުންނާނެ އެވެ. ގޫގުލް ރަމަދާން ހަބްއަކީ ރަމަޟާން މަހު ގޫގުލް ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް އެކުންފުނިން 2014 އިފްތިތާޙުކުރި ވެބްސައިޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް