އެއާރޕޯޓަށް ފުރަން އަންނައިރު ޕާސްޕޯޓު ހާނދާންނެތިގެން ނުވަތަ އެހެންވެސް ކަމެއް މެދުވެރިވެގެން ނުލާ އާދެވިއްޖެނަމަ އެ ހިސާބުން ދެންޖެހޭނީ ބޮޑު ތަކުލީފެއް އުފުލާށެވެ.
އެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެކުވެރި ޢަރަބި އިމަރާތުން، އެ ޤައުމުގެ ރައްޔިތުންނަށް މިހާރުވަނީ ޕޭޕާރ ޕާސްޕޯޓުގެ ބަދަލުގައި ސްމާޓްޕޯން އެޕްލިކޭޝަނެއް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ގޮތް ތަޢާރަފްކޮށްދީފަ އެވެ.
ޔޫއޭއީ ވޮލެޓް ކިޔާ އެޕްލިކޭޝަން މެދުވެރިކޮށް އީ ގޭޓްސް އަދި ޕާސްޕޯޓް ކޮންޓްރޯލްގެ ޚިދުމަތް މިހާރު އެ ޤައުމުގައި ހޯދޭނެ އެވެ.
އެ އެޕްލިކޭޝަން ބޭނުންކުރުމަށްޓަކައި ދުބާއި އިންޓަރނޭޝަނަލް އެއާރ÷ޕޯޓުން ދަތުރުކުރާ މީހުން، އެމީހެއްގެ ފުރިހަމަ މަޢުލޫމާތާއެކު ރެޖިސްޓްރީ ވުމަށް ފޯމު ހުށަހަޅަންޖެހެ އެވެ. އަދި ސެކިއުރިޓީއާއި އައިޑެންޓިފިކޭޝަން ޔާޤިންކުރުމަށްޓަކައި އިނގިލީގެ ނިޝާންވެސް ދޭންޖެހެ އެވެ.
ރިޕޯޓުތައް ބުނާގޮތުން އެ އެޕްލިކޭޝަންއަކީ ވަރަށް ސެކިއުރިޓީ ވަރުގަދަ އަދި ހެކްކޮށް އޭގެން ނާޖާއިޒު ފައިދާ ނުނެގޭނެ ފެންވަރަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.
މިއީ ދުނިޔޭގެ ޤައުމެއްގައި ޑިޖިޓަލް ޕާސްޕޯޓެއް ބޭނުންކުރަން ފެށި ފުރަތަމަ ފަހަރުވެސްމެ އެވެ.
އެ ޙިދުމަތް އަދި ހަމައެކަނި ބޭނުންކުރެވޭނީ އެ ޤައުމުގެ އެތެރޭގެ އުދުހުންތަކަށް އެކަންޏެވެ. ދުބާއި އެއާރޕޯޓުން އެހެން ޤައުމުކަށް ދިއުމަށް އެ ސްމާޓްފޯން ޕާސްޕޯޓް ބޭނުންކުރެވުން ނަމަވެސް، ޔޫއޭއީގެ އިތުރު އެހެން އެއްވެސް ޤައުމެއްގައި އެ ޙިދުމަތް އަދި ބޭނުން ނުކުރާތީ އެނބުރި ދުބާއީ އަށް އައުމަށް ބޭނުންކުރަންޖެހޭނީ ÷ހަމަ ޕޭ÷ޕާރ ޕާސްޕޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް