ދުވަހުގެ ރެސްޓޯރެންޓް: އޮރެގާނޯ ކެފޭ

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދޭ ރެސްޓޯރެންޓަކީ ބުރުޒު މަގުގައި ހުންނަ އޮރެގާނޯ ކެފޭ ރެސްޓޯރެންޓެވެ. އޮރެގާނޯ އިން މި ވަނީ މި ރަމަޟާން މަހަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފަ އެ...

13 Jun 2017 | 03:59

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދޭ ރެސްޓޯރެންޓަކީ ބުރުޒު މަގުގައި ހުންނަ އޮރެގާނޯ ކެފޭ ރެސްޓޯރެންޓެވެ.

އޮރެގާނޯ އިން މި ވަނީ މި ރަމަޟާން މަހަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ. ރޯދަ ވީއްލުމަށް ހާއްސަ މެނޫއެއް މިވަނީ އާއްމު ކޮށްފަ އެވެ. މެނޫގައި ހަފްތާގެ ކޮންމެ ދުވަހަކަށް ވަކި ސެޓް މެނޫއެއް ހިމަނާފައި ވެ އެވެ.

އަކޯޔާގެ މެނޫއަށް ބަލާލާއިރު މެއިން ޑިޝެސްގެ ގޮތުގައި އޮރެގާނޯ ރައިސް، ދާލް ފްރައި، ޑެވިލްޑް ފިޝް، ޗިލީ ބީފް، ޑެވިލްޑް ޗިކަން، އަދި ކުޅިމަސް ފާހަގަކޮށްލެވެ އެވެ. ބުއިންތަކަށް ބަލާލާއިރު ތާޒާ ކަރާފަނި، ކުރުނބާ ފަނި، އަނބު ފަނި އަދި އަލަނާސި ފަނި ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ސެޓް މެނޫއެއްގައި ސްޓާޓާސް އާއި ޑިޒާޓްސް ހިމަނާފައި ވެ އެވެ.

އަކޯޔާގެ ރޯދަވީއްލުން ހިޔާރުކުރައްވާނަމަ ހަ އަހަރުން ދަށުގެ ކުދިންނަށް ޗާޖެއް ނުކުރާނެ އެވެ. އަދި ހަ އަހަރާއި ދިހަ އަހަރާއި ދެމެދުގެ ކުދިންނަށް 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

އަކޯޔާ އިން ރޯދަވީއްލުމުގެ އަގަކީ ބޮލަކަށް 199 ރުފިޔާ އެވެ. ރިޒަވޭޝަން ހެއްދެވުމަށް ގުޅުއްވާނެ ނަމްބަރަކީ 3333922 އަދި 7915922 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް