ދަންޖެހިފައި ހުރި ޒުވާނަކު މާފުށިން ފެނިއްޖެ

ކ. މާފުށީ ގެއެއްގެ ތެރޭގައި ދަންޖެހިފައި ހުރި ޒުވާނަކު ފެނިއްޖެ އެވެ. ދަންޖެހިގެން މަރުވެފައި ވަނީ އެރަށު މޭވާގަސްދޮށުގޭ އުމުރުން 27 އަހަރުގެ އަހުމަދު މަހުރީން އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ...

13 Jun 2015 | 07:08

ކ. މާފުށީ ގެއެއްގެ ތެރޭގައި ދަންޖެހިފައި ހުރި ޒުވާނަކު ފެނިއްޖެ އެވެ.

ދަންޖެހިގެން މަރުވެފައި ވަނީ އެރަށު މޭވާގަސްދޮށުގޭ އުމުރުން 27 އަހަރުގެ އަހުމަދު މަހުރީން އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ދަންޖެހިފައިވަނީ ދެ ދުވަސްވަރު ކުރިން ކަމަށް ބެލެވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓޫ ކޮށްފައިވަނީ ރޭ ދަންވަރު 12:04 ހާއިރު ކަމަށެވެ. އަދި ފުލުހުން އެތަނަށޤ ދިޔައިރު އެމީހާ އޮތީ ކުނިވާން ފަށާފައި ކަމުން އެމީހާ ދަންޖެހުނުތާ ދެދުވަސްވަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މާފުށީގައި ޒުވާނަކު ދަންޖެހިގެން މަރުވި މައްސަލަ ތަހުގީގު ކުރުމަށް އެރަށުގައި ފުލުހުން މިހާޜު ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް