ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވުމަށް އަންގައިފި

މިދުވަސްވަރު މާލެއާއި އަތޮޅުތަކުގައި ބޭރަށް ހިންގުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. އެޗްޕީއޭއިން ނެރުނު ހެލްތް އެލާޓްގައި ބު...

13 Jun 2015 | 07:00

މިދުވަސްވަރު މާލެއާއި އަތޮޅުތަކުގައި ބޭރަށް ހިންގުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ނެރުނު ހެލްތް އެލާޓްގައި ބުނެފައިވަނީ މިދުވަސްވަރަކީ މާހެފުންތަކާއި ބޭރުން ކެއުން އިތުރުވެފައިވާ ދުވަސްވަރަކަށް ވުމުން ކެއިން ބުއިމުގަ އާއި ކާބޯތަކެތި ތައްޔާރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެއް ކަަމަށެވެ.

ބޭރަށް ހިންގުމުން ރައްކާތެރިވުމަށްޓަކައި ކާބޯތަކެތި ތައްޔާރުކުރުމާއި ކެއުމުގެ ކުރިން ސައިބޯނިލައިގެން އަތްދޮވުމަށާއި ފާހާާނާ ބޭނުންކުރުމަށްފަހުގަ އާއި ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން އަތް ދޮވުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެެ.

މީގެއިތުރުން ބޭރަށް ހިންގުމުން ރައްކާތެރިވުމަށްޓަކައި ވީވަރަކުން ބޭރުން ކެއުން މަދުކުރުމަށާއި ކާބޯތަކެތި ރަނގަޅަށް ރޯފިލުވައިގެން ބޭނުން ކުރުމަށާއި މާހެފުން ނުވަތަ ހަފްލާތަކަށް ތައްޔާރުކުރާ ތަކެތި ތައްޔާރުކުރިތާ ގިނައިރުވެފައި ނުވާކަން ޔަގީންކުރުމުގެ އިތުރުން މޭވާ އާއި ތަރުކާރީ ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

ބޭރަށް ހިންގާނަމަ ބަލީގެ އަލާމަތްތައް މުޅިން ރަނގަޅު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ނޫޅުމަށާއި ލޮނުޕެކެޓް ފަދަ ދިޔާ ތަކެތި ބޭނުންކުރުމުގެ އިތުރުން މާބޮޑަށް ވަރުދެރަވާނަމަ ނުވަތަ ކުޑަކަމުދިޔުން މަދުވުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޑޮކްޓަރެއްގެ އެހީ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް