ރާއްޖޭގައި ވަޒީފާ އަދާކުރާ ފިލިޕީންސް މީހުންތަކެއް މާލޭގެ ބައެއް މަގުތައް ސާފުކޮށްފި އެވެ.
ގާތްގަނޑަކަށް 25 ވަރަކަށް ފިލިޕީންސް މީހުން އިއްޔެ ހަވީރު މާލޭގެ ބައެއް މަގުތައް ސާފުކޮށްފައިވަނީ އެ ގައުމުގެ 117 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. އިއްޔެ އެމީހުން ކުރިޔަށް ގެންދިޔަ ހަރަކާތުގައި ބޮޑުތަކުރުފާނު މަގު މާފަންނު ސަރަހައްދާއި އިތުރު ސަރަހައްދުތަކެއް ސާފުކޮށްފައިވެ އެވެ،
ސާފު ކުރުމުގެ ގޮތުން މަގުމަތީގައި ހުރި ކުންޏާއި ކާނުތައް ސާފުކޮށްފައިވާއިރު އެމީހުން ތިބީ ހުދުކުލައިގެ ޓީޝާޓެއް ލައިގެންނެވެ.
މިއީ ރާއްޖޭގައި މަސައްކަތްކުރާ ބޭރު ގައުމުތަކުގެ ރައްޔިތުންގެ ބަޔަކު މިގޮތަށް މާލޭގެ ބައެއް ސަރަހައްދު ސާފުކުރަން ނުކުތް ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް