ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގައި ކާކުކަން ނޭނގޭހެން "ހަސަން ކުރުސީ"ގެ ނަމުގައި ހިންގަމުންދިޔަ އެކައުންޓް އެކްސްއިން ސަސްޕެންޑު ކޮށްފިއެވެ.
ބެލެވޭގޮތުގައި އެ އެކައުންޓް ސަސްޕެންޑުކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
އެ އެކައުންޓާއި ގުޅުންހުރި ބެކަޕް އެކައުންޓަކުން ބުނެފައިވާގޮތުގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދިޔަ އެކައުންޓް ސަސްޕެންޑުކޮށްފައިވަނީ ދިވެހި ފުލުހުން ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. ސަސްޕެންޑު ކުރި ސަބަބެއް ކަމަށް ބުނެފައިވަނީ ނިރުބަވެރިކަމަށް (ޓެރަރިޒަމަށް) ހިތްވަރު ދިނުމެވެ.
ދިވެހި ފުލުހުން މިކަމާއިމެދު އެއްޗެއް ބުނެފައެއް ނުވެއެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކައުންޓަކީ ސަރުކާރުގެ ނޭއްގާނީ ކަންތައްތަކާއި ކޮރަޕްޝަންގެ ވާހަކަތައް ފުޅާ ދާއިރާއެއްގައި ދައްކަމުންދިޔަ އެކައުންޓެކެވެ. އެ އެކައުންޓް މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ސަސްޕެންޑުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް