އުރީދޫ ނޭޝަން އިންޓަރ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި ރާއްޖޭގެ 10 ރިސޯޓަކުން 16 ޓީމު ވަނީ މި ޓޯނަމަންޓުގައި ބައިވެރިވެފައެވެ. ރާއްޖޭގައި ވެސް ބޭއްވުނު ފުރަތަމަ އީސްޕޯޓްސް ޓޯނަމަންޓުގައި ޓީމުތައް ވާދަކޮށްފައިވަނީ މަގުބޫލު ދެ ގޭމެއް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމް.އެލް.ބީ.ބީ) އަދި ޕަބްޖީ މޯބައިލް ގައެވެ. މި މުބާރާތަށް ބަނީ ހޫނު ތަރުހީބެއް ރިސޯޓްތަކުން ލިބުނުކަން އުރީދޫއިން ފާހަގަކުރެއެވެ.
"އުރީދޫ ނޭޝަންގެ މަގުސަދަކީ ރާއްޖޭގައި މިހާރު އުފެދިފައިވާ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކޮށް، ވާދަވެރިކަމާއި އެކުވެރިކަމާއެކު ގޭމް ކުޅެ މި ދާއިރާގައި ކުރިއަށްދެވޭނެ މާހައުލެއް ގާއިމުކޮށްދިނުން" އުރީދޫއިން ބުނެފައިވެއެވެ.
ނިމިގެންދިޔަ މި މުބާރާތުގައި ވަނަ ވަނައަށް ދިޔަ ފަރާތްތައް:
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމް.އެލް.ބީ.ބީ)
- ޗެމްޕިއަން: ޖޯލި ބީންގް 2 – 5000ރ
- ރަނަރ-އަޕް: ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް – 3000ރ
- ތިން ވަނަ: ޖޯލި ބީންގް – 2000 ރ
ޕަބްޖީ މޯބައިލް
- ޗެމްޕިއަން: ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް – 5000ރ
- ރަނަރ-އަޕް: ނިޔަމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް – 3000ރ
- ތިން ވަނަ: ސަމަރ އައިލަންޑް މޯލްޑިވްސް- 2000ރ
މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އެގޮތަށް ކުރިއަށްގެންދިޔައީ ރާއްޖޭގެ ކޮންމެ ހިސާބަކުން ބައިވެރިވާން ބޭނުންވިޔަސް މި ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކަމަށާއި އުރީދޫ ނޭޝަނުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ހިސާބުގައި އުފެދިފައިވާ އިސްޕޯޓްސް ކުޅުންތެރިން އެއް ޕްލެޓްފޯމަކަށް ގެނެސް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ވާދަކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވާދިނުމަށް ކަމުގައިވެސް އުރީދޫއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް