މަރުވެފައި އޮއްވާ ފެނުނު މީހާގެ އޮޓޮޕްސީ ހަދަން ނިންމައިފި

މިއަދު ބަންޑާރަ ކޮށީގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ނިންމައިފިއެވެ. ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ދެންމެ ވިދާޅުވީ ތަހުގީގު އިތުރަށް ކުރިއ...

13 May 2024 | 18:28

މިއަދު ބަންޑާރަ ކޮށީގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ނިންމައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ދެންމެ ވިދާޅުވީ ތަހުގީގު އިތުރަށް ކުރިއަށްގެންދިއުމަށް އޮޓޮޕްސީއެއް ހެދުމަށް މިހާރު ނިންމާފައިވާކަމަށެވެ.

މިއަދު އިރު އޮއްސެން ގާތްވެފައިވަނިކޮށް ފުލުހުން ބަންޑާރަކޮށީގެ ގެއަކަށް ދިޔަކަމަށް ފުލުހުން ބުނަނީ ލިބުނު ރިޕޯޓަކާއި ގުޅިގެންނެވެ. ބެލި ބެލުމުން އެ ގެއިން މަރުވެފައިވާ މީހަކު ފެނިފައިވާއިރު އެއީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ މާ ގިނަ ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. މަރުވެފައިވާ މީހާގެ ހަށިގަނޑު މިހާރު މޯޗަރީއެއް ގެންގޮސްފައިވާއިރު މަރުވެފައި އޮތް މީހާ ފެނުނު އެޕާޓްމެންޓަކީ މިވަގުތު ބަޔަކު އުޅޭ އެޕާޓްމެންޓެއް ނޫންކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް