މަރުވެފައި އޮއްވާ ފެނުނީ ދިވެހި ފިރިހެނެއް: ފުލުހުން

ބަންޑާރަކޮށީގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނީ ދިވެހި ފިރިހެނެއް ކަމުގައި ފުލުހުން ބުނެފިއެވެ. މި ކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދ...

13 May 2024 | 16:11

ބަންޑާރަކޮށީގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނީ ދިވެހި ފިރިހެނެއް ކަމުގައި ފުލުހުން ބުނެފިއެވެ.

މި ކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނުނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިއަދު ކުރިން ވިދާޅުވެފައިވަނީ ސީން އަށް ފުލުހުން ދިޔައީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށާއި އެ މައުލޫމާތާއި ގުޅިގެން ބެލި ބެލުމުން ބަންޑާރަ ކޮށީގެ އެޕާޓްމަންޓަކުން މަރުވެފައި އޮތް ފިރިހެނަކު ފެނުނު ކަމަށެވެ. އަދި އެ އެޕާޓްންޓަކީ މިވަގުތު ބަޔަކު ދިރިއުޅޭ ތަނެއް ނޫންކަމުގައިވެސް ޝިފާން ވިދާޅުވެފައިވެއެވެ.

އެމީހާގެ ހަށިގަނޑު މިހާރު ވަނީ މޯޗަރީއަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް