ކާރު ގަނެދޭނެކަމަށްބުނެ ފައިސާ ނަގަމުން އަންނަކަމަށްބުނާ ޕޮލިހެއްގެ މައްސަލަ ބަލަން ފަށައިފި

ރާއްޖެއިން ބޭރުން ކާރު ގެނެސްދޭނެކަމަށްބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގަމުން އަންނަ ކަމަށްބުނާ ފުލުހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ދިވެހި ފުލުހެއްގެ ފޮޓޯއާއި އޭނާގެ ވަނަވަރާއެކު ސޯޝަ...

13 May 2024 | 14:48

ރާއްޖެއިން ބޭރުން ކާރު ގެނެސްދޭނެކަމަށްބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގަމުން އަންނަ ކަމަށްބުނާ ފުލުހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ދިވެހި ފުލުހެއްގެ ފޮޓޯއާއި އޭނާގެ ވަނަވަރާއެކު ސޯޝަލް މީޑިއާގައި މީހަކު އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޕޮލިހުންގެ ވަޒީފާގައި އުޅޭ އެމީހާއަކީ ގިނަ ބަޔަކަށް ކާރު ގަނެދޭނެކަމަށްބުނެ ލާރި ނަގައިގެން ފިލައިގެން އުޅޭ މީހެއް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ދެންމެ ވިދާޅުވީ އެ ފުލުސް މީހާގެ މައްސަލަ ފުލުހުންގެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް އިން ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް