މަރުވެފައި އޮތް މީހާ ފެނުނު ގެއަކީ ބަޔަކު ދިރިއުޅެމުން އަންނަ ތަނެއްނޫން: ޕޮލިސް

ބަންޑާރަ ކޮށީގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިގެން އެކަން ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު މަރުވެފައިވާ އެމީހާ ފެނުނު ގެއަކީ ބަޔަކު ދިރިއުޅެމުންއަންނަ ތަނެއް ނޫންކަން މިހާތަނަށް ބެލި ބެލު...

13 May 2024 | 14:31

ބަންޑާރަ ކޮށީގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިގެން އެކަން ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު މަރުވެފައިވާ އެމީހާ ފެނުނު ގެއަކީ ބަޔަކު ދިރިއުޅެމުންއަންނަ ތަނެއް ނޫންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިއަދު ވިދާޅުވީ ސީން އަށް ފުލުހުން ދިޔައީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށާއި އެ މައުލޫމާތާއި ގުޅިގެން ބެލި ބެލުމުން ބަންޑާރަ ކޮށީގެ އެޕާޓްމަންޓަކުން މަރުވެފައި އޮތް ފިރިހެނަކު ފެނިފައިވާކަމަށެވެ.

އިތުރު އެއްވެސް ތަފްސީލެއް މިކަމުގައި އަދި ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ތަރުޖަމާނު ޝިފާން ވިދާޅުވެފައިވަނީ އިތުރު މައުލޫމާތު ލިބެމުން އަންނަ ވަރަކަށް ހިއްސާކުރައްވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް