ޓީޗިން ދާއިރާއާއި ގުޅޭ އިތުރު ހަ ކޯހެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން އިއުލާނުކޮށްފިއެވެ.
އެގޮތުން މިއަދު އެ ޔުނިވާސިޓީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އޮގަސްޓު 2024 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި އިތުރު ހަ ކޯހެއް ހިމެނުމަށް ހަމަޖެހިފައިވާކަމަށެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަން އިން ކުރިއަށްގެންދާ އެ ހަ ކޯހަކީ:-
- ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (ސްޕެޝަލް އެޑިޔުކޭޝަން) / ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ސްޕެޝަލް އެޑިޔުކޭޝަން) – މާލެ، ގދ. ތިނަދޫ
- ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިޔުކޭޝަން (ދިވެހި މީޑިއަމް) – މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ. ހިތަދޫ
- ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އިންގްލިޝް މީޑިއަމް) - މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ. ހިތަދޫ
- ބެޗްލަރ އޮފް ޓީޗިންގް ސެކަންޑަރީ (ދިވެހި ލޭންގުވިޖް އެންޑް ލިޓްރޭޝޗަރ) / ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (ދިވެހި ލޭންގުވިޖް އެންޑް ލިޓްރޭޝޗަރ) – މާލެ، ލ. ގަން
- ބެޗްލަރ އޮފް ޓީޗިންގް ޕްރައިމަރީ (އިސްލާމް/ދިވެހި) / ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އިސްލާމް/ދިވެހި) – މަލެ، ހދ. ކުޅުދުއްފުށި، ސ. ހިތަދޫ
- ބެޗްލަރ އޮފް ޓީޗިންގް ޕްރައިމަރީ (އިސްލާމް/ޤުރްއާން) / ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އިސްލާމް/ޤުރްއާން) - މާލެ
މި ކޯސްތަކަށް އެޕްލައިކުރުމުގެ ފުރުސަތު މިއަދު މެންދުރު 12:30 އިން ފެށިގެން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00ގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށާއި މި ކޯސްތަކާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެކަމުގައި ގައުމީ ޔުނިވާސިޓީއިން ބުނެފައިވެއެވެ.
ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށްކަން ފާހަގަކުރަމުން އެ ޔުނިވާސިޓީއިން ބުނެފައިވަނީ އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް