އައު ކައުންސިލް އޮފީސް އިމާރާތް ކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިންމުމަށް މަސައްކަތް ކުރައްވާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ހިންގުމަށް ނިންމަވާފައިމިވާ މި މަޝްރޫއުގައި 50 ރަށެއްގައި ކައުންސިލް އޮފީސް އިމާރާތްކުރުމުގެ މަސައްކަތް މި އަހަރު އެއްފަހަރާ ފައްޓަވާނެކަމަށް ހދ.މަކުނުދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، މި މަސައްކަތް އެކަމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކަނޑައަޅާފައިވާ ކްރިޓޭރިއާއަށް ބަލައިގެން ރަށްތައް ކަނޑައެޅުމުގެ މަޝްވަރާތަށް ކުރެވި މަސައްކަތް މިމަސް ނިމުމުގެ ކުރިން ނިންމެވުމަކީ ވަޒީރުގެ އަމާޒުކަމުގައެވެ.
މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ޗައިނާ ސަރުކާރުން މި މަޝްރޫއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެއްވުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން މި މަޝްރޫއުގައި އިމާރާތް ކުރެވޭ އޮފީސްތަކަކީ ޒަމާނީ ފެންވަރަށް ޒަމާނީ ވަސީލަތްތައް އެކުލެވިގެންވާ ފެންވަރު ރަގަނޅު އިމާރާތްތަކެއް ކަމުގައި ވާނެ ކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ސަރުކާރުން ހިންގާ މި މަޝްރޫއުގައި ރަށްތައް ކަނޑައެޅުމުގައި އިސްކަން ދެއްވަނީ، ޖާގަ ކުޑަ، ހަލާކުވެފައިވާ އަދި އާބާދީގެ ގޮތުން އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް