ހާލު ކިހިނެއް ޕްރޮގްރާމް މި ހަފްތާތެރޭގައި ފެށުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ އާއިލާތަކުގެ ހާލު ދެނެގަތުމަށް އެ ވުޒާރާއިން ހިންގުމަށް ނިންމަވާފައިވާ ޕްރޮގްރާމްއެކެވެ. އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ އާއިޝަތު ޝިހާމް ވިދާޅުވީ މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ އާއިލާތަކަށް ޒިޔާރަތްކޮށް ހާލުބެލުމަށް ނިންމަވާފައިވާކަމަށެވެ. އަދި މި ޕްރޮގްރާމްގެ މަގްސަދަކީ އާއިލާ ތަކަށް ދިމާވެފައިވާ ދަތިތަށް ކައިރިން ދެނެގަނެ އެކަން ކަމަށް ހައްލު ގެނައުމަށް މަސައްކަތްކުރުން ކަމަށެވެ.
މީގެއިތުރުން ގެވެށި އަނިޔާ ފަދަ މައްސަލަތަކާއި ކުޑަ ކުދިންނަށް ލިބޭ ގޯނާތަށް ދެނެގަނެ އެފަދަ މައްސަލަތައް މަދުކުރެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި ޕްރޮގްރާމްއަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުފުރައިގެ ބޭފުޅުން އަދި ކުޑަކުދިންނަށް ފާގަތި ދިރިއުޅުމެއް ހޯދައި ދިނުމަށް އާއިލާތަކަކީ ރައްކާތެރި ތަނަކަށް ހެދުމުގެ އަމާޒުގައި ހިންގޭ ޕްރޮގްރާމްއެކެވެ. މިއީ މިފަދަ ޕްރޮގްރާމްއެއް ރާއްޖޭގައި ހިންގާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް