ކުޅުފުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓު ފްލައިޓު ޖައްސައިފި އެވެ.
މި ދަތުރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައި އެވެ.
މޯލްޑިވިއަންއިން ބުނީ އުންމީދަކީ ކުރިޔަށް އޮތް ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި އެ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުން ކަމަށެވެ. އޭރުން އެއާޕޯޓު ވެގެންދާނީ 24 ގަޑިއިރު ހިދުމަތްދޭ އެއާޕޯޓަކަށެވެ.
މިހާރު ކުޅުދުއްފުއްޓަށް ކުރަނީ ހަފްތާގެ ހަތް ދުވަހު ކޮންމެ ދުވަހަކު ދަތުރެކެވެ. އެ ދަތުރުތަކަކީ ވަރަށް ޑިމާންޑު ބޮޑު ދަތުރުތަކެކެވެ.
ރީޖަނަލް އެއާޕޯޓްސް އިން ބުނީ އެ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ނައިޓް ލޭންޑިން ސިސްޓަމް ގާއިމްކޮށްފައިވާ ކަމަށެވެ. މި ސިސްޓަމް ހއ. ހޯރަފުށީ އެއާޕޯޓުގައި ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކުޅުދުއްފުށީ އެއާޕޯޓު24 ގަޑިއިރަށް ބަދަލު ކުރުމުން އެންމެ ބޮޑު ލުޔެއް ލިބިގެން ދާނީ ބަލި މީހުން އުފުލުމުގައި އެވެ. މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެމަޖެންސީކޮށް މާލެ ގެންނަން ޖެހޭ ބަލި މީހުން ރޭގަނޑު ގެންނަން ޖެހެނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންގޮސްގެންނެވެ.
ކުޅުދުއްފުށި އެއަރޕޯޓާއެކު ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އަންނަ 6 އެއާޕޯޓްގެ ތެރެއިން ހަތަރު އެއާޕޯޓަށް މިހާރު ރޭގަނޑު ދަތުރުތައް ކުރެވޭނެއެވެ. އެއީ ގދ.ފަރެސްމާތޮޑާއާއި ފުވައްމުލައް ސިޓީ، އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް