ރާއްޖޭގެ އުފެއްދުންތެރިކަން100 ބިލިއަން ޑޮލަރުން މައްޗަށް ވަރަށް އަވަަހަށް ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާ އެކު ވެސް އިގްތިސާދީ ކުރިއެރުން ހޯދުމަށް ސަރުކާރުން ގެންގުޅޭ މެކްރޯ އިކޮނޮމިކްގެ ސިޔާސަތުތައް ރަނގަޅު ކަމުގެ ހެއްކެއް ކަމަށެވެ.
މެއި މަހުގެ މެކްރޯ އިކޮނޮމިކް އަޕްޑޭޓްގެ ބައެއް ތަފާސް ހިސާބުތަކަށް ބަލައި މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާ އިން ހޯދާފައިވާ ބޮޑު ކުރިއެރުމާ ގުޅިގެން އެހެން ދާއިރާތަކަށް ލިބިގެންދިޔަ ކުރިއެރުމާއެކު ރާއްޖޭގެ ރިއަލް ޖީޑީޕީ ނުވަތަ އިގްތިސާދީ ކުރިއެރުން މިއަހަރު މިހާރު މައްޗަށް ޖެހިލާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އިގްތިސޯދީ ކުރިއެރުން މެދު ރާސްތާއެއްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރަޝިއާ އާއި ޔޫކްރޭން ހަނގުރާމަ އާއި ކޯވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރުތައް ހުޅުވާލުން ލަސްވުމުން ލޮޅުމެއް އައި، ނަމަވެސް، 2021 ވަނަ އަހަރާ އަޅާބަލާއިރު 2022 ގައި ރާއްޖެ އަށް ޓޫރިސްޓުން އަންނަ މިންވަރު 26.7 ޕަސެންޓް އިތުރުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް މިއަހަރު ކުރިއަރައިގެންދާނެ ސަބަބުތަކުގެ ތެރޭގައި މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 17.5 ޕަސެންޓް އިތުރު ވެފައިވުމާއި އާ ފްލައިޓް ރޫޓްތަކުން ރާއްޖެ އަށް ދަތުރުކުރަން ފެށުން ހިމެނެ އެވެ. އަދި ޗައިނާގެ ޓޫރިސްޓުން އައި މިންވަރު އިތުރުވުން ހިމެނެ އެވެ.
https://twitter.com/iameeru/status/1657293439648636928
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް