އިޒްރޭލުން ގާޒާއަށް ދޭ ލާއިންސާނީ ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި

އިސްރާއީލުނ ފަލަސްތީނުގެ ގާޒައަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފި އެވެ. އިސްރާއީލް ސިފައިން ގާޒާއަށް ހަމަލާ ދޭން ފެށިތާ މިހާރު ފަސް ދުވަސް ވަނީ ވެފައި އެވެ. މިދިޔަ ފަސް ...

13 May 2023 | 11:27

އިސްރާއީލުނ ފަލަސްތީނުގެ ގާޒައަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފި އެވެ.

އިސްރާއީލް ސިފައިން ގާޒާއަށް ހަމަލާ ދޭން ފެށިތާ މިހާރު ފަސް ދުވަސް ވަނީ ވެފައި އެވެ. މިދިޔަ ފަސް ދުވަސްތެރޭގައި ދިން ހަމަލާތަކުގައި މިހާތަނަށް 31 ފަލަސްތީން ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައި އެވެ.

މި ހަމަލާތަކާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިި ބުނީ އިޒްރޭލްގެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށެވެ. އިޒްރޭލްގެ އަމަލުތަކުގެ ސަބަބުން، އެ ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ގާއިމްކުރުމަށް ކުރާ މަސައްކަތަށް ބުރޫ އަރާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތައް އެއްބާރުލުން ދިނުމުގައި ރާއްޖޭން ސާބިތު ކަމާއެކު ދެމި އޮންނާނެ ކަމަށެވެ. އަދި އެކަމުގައި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ވެސް ރާއްޖޭން އިސް ރޯލެއް އަދާ ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އިސްރާއީލުން ބުނަމުންދަނީ އެމީހުންގެ ހަމަލާތަށް އަމާޒު ކުރަމުން ދަނީ ގާޒާގެ އާންމު ރައްޔިތުންނަށް ނޫން ކަމަށެވެ.

އެ ހަމަލާތަކަކީ ގާޒާގައި އިސްރާއީލާއި ދެކޮޅަށް ހަރަކާތްތެރިވާ ހަނގުރާމަވެރި އިސްލާމީ ޖަމާއަތްތަކާއި ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށެވެ. ހަމަލާތަށް އަމާޒު ކުރަމުން ދަނީ އެމީހުންގެ ހަތިޔާރު ހުންނަ އިމާރާތްތަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް