ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ސްވިޑެންގައި

ޔޫރަޕްގެ އިއްތިހާދު، އީޔޫއިން އިންތިޒާމްކޮށްގެން ބާއްވާ އިންޑޯ ޕެސިފިކް މިނިސްޓަރުންގެ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ސްވިޑެންގެ ސްޓޮކްހޯމްއަށް ވަޑައ...

13 May 2023 | 08:51

ޔޫރަޕްގެ އިއްތިހާދު، އީޔޫއިން އިންތިޒާމްކޮށްގެން ބާއްވާ އިންޑޯ ޕެސިފިކް މިނިސްޓަރުންގެ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ސްވިޑެންގެ ސްޓޮކްހޯމްއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅު މިނިސްޓަރ ޝާހިދު ކުރައްވަނީ މި މަހުގެ 12 އިން 14 އަށެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވުމަށް ސްވިޑަންއަށް ކުރައްވާ ދަތުރުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑޯ ޕެސިފިކް ސަރަޙައްދާއި ޔޫރަޕްގެ އިއްތިޙާދާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

އީޔޫ އިންޑޯ ޕެސިފިކް މިނިސްޓަރުންގެ ފޯރަމްގެ މަޤްޞަދަކީ އީޔޫއާއި އިންޑޯ ޕެސިފިކް ސަރަޙައްދުގެ ގުޅުން ވަރުގަދަކުރުމެވެ.

އިންޑޯ ޕެސިފިކް ސަރަހައްދާއި އީޔޫގެ ގާތްގަނޑަކަށް 60 ފޮރިން މިނިސްޓަރުންގެ އިތުރުން އިންޑޯ ޕެސިފިކް ސަރަހައްދީ ޖަމިއްޔާތަކާއި އެހެނިހެން މަންދޫބުން މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ފޯރަމަކީ ދުނިޔޭގެ ތަރައްޤީއަށާއި، ސަރަހައްދުތަކަށް ކުރާ އަސަރު ވަޒަންކުރުމަށް މުހިންމު ޕްލެޓްފޯމެކެވެ.

ސްވިޑަންއަށް ވަޑައިގަތުމުގެ ކުރިން މިނިސްޓަރ ވަނީ ސާބިއާ އަދި ހަންގޭރީއަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް