ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިޚާނު ކުރެއްވުމަށް ދެއްވާ އެއްޗެއް: އިމްރާން

ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިޚާނު ކުރެއްވުމަށް ދެއްވާ އެއްޗެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވެފައި ވާއިރު އެމަނި...

13 May 2023 | 07:04

ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިޚާނު ކުރެއްވުމަށް ދެއްވާ އެއްޗެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައި ވާއިރު އެމަނިކުފާނު އިސްވެ ހުންނަވާ މިހާރުވަނީ އަދާލަތު ޕާޓީން ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރުމަށް ނިންމާފައެވެ.

އިމްރާން މިއަދު ވިދާޅުވީ ވެރިކަމަކީ މީހަކު ހަމަ ބޭނުންވާއިރަށް ލިބެން އޮންނަ އެއްޗެއް ނޫންކަމަށެވެ.

ހަމައެހެންމެ އެއީ އެކަން ދެއްވާ މީހަކު އިންތިޚާނު ކުރުމަށްޓަކައި މާތް ރަސްކަލާންގެ ދެއްވާ އެއްޗެއްކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އަދާލަތު ތާއީދު ކުރާ އެމްޑީޕީއާއިއެކު އެމްޑީއޭއިންވެސް ވަނީ ކޯލިޝަން ހަދާފައެވެ.

އެހެން ނަމަވެސް ޖުމްހޫރީ ޕާޓީން ވަނީ ވަކިން ވާދަކުރަން ނިންމާ ކޯލިޝަން ހެދުމަށް އެކިފަރާތްތަކާއި ވާހަކަދައްކާ އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތައް ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް