މެލޭޝިއާގެ ބަޖެޓް އެއާލައިން، ބަޓިކް އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
ބަޓިކް އެއާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ ރޭ 8:30 ގައި އެވެ. އެ ބޯޓަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު ފުރަތަމަ ދަތުރުގައި، 57 ފަސިންޖަރުން ރާއްޖެ އައިސްފަވެ އެވެ.
ބަޓިކް އެއާއިން ދިވެހިރާއްޖެއާ ދެމެދު ކޮންމެ ދުވަހަކުވެސް ދަތުރެއް ބާއްވާނެއެވެ. މިދަތުރުތައް ރާވާފައިވަނީ ރާއްޖެއިން ސްރީލަންކާއަށް އެއަށްފަހު މެލޭޝިއާއަށާއި އަދި ސިދާ ރާއްޖެއާއި މެލޭޝިއާއި ދެމެދުގައެވެ.
ރާއްޖޭއާއި މެލޭޝިޔާއާއި ދެމެދުގެ ސީދާ ދަތުރުތައް އަންނަ ޖޫންމަހު ފަހުކޮޅު މި އެއާލައިނުން ފަށާނެއެވެ. މީގެ ކުރިން މަލިންޑޯއެއާގެ ނަމުގައި އޮޕަރޭޓްކުރަމުން އައި އެއަރލައިން ބަޓިކް އެއަރއަށް ބަދަލުކޮށް ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް އެއަރލައިންވަނީ ހާއްސަ ޕްރޮމޯޝަންތަކާއި އެކު ގިނަ މަސައްކަތްތަކެއް ފަށާފައެވެ.
ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއަރއިން ބޭނުންކުރާނީ ބޮއިންގ 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެން ބޯޓެކެވެ.
ބަޓިކް އެއަރ އިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވައެވެ. އެގޮތުން މިމަންޒިލްތަކުން ރައްޖެއަށް ފަސޭހަކަމާއި އެކު ދަތުރުވެރިންނަށް އައުމުގެ މަގު ފަހިވެގެންދާނެއެވެ.
ބަޓިކް އެއަރގެ އިތުރުން ސައުދީ އަރަބިއްޔާގެ ފްލައިނަސް އަދި އެމެރިކާގެ ވަރޖިންގ އެޓްލާންޓިކް މިއަހަރު ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފަށާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް