ފިލްމީ ކެރިއަރާއި ދުރަށް ދެވޭނީ އެންމެ މީހަކަށްޓަކައި ކަމަށް ޕްރިޔަންކާ ބުނެފި!

ފިލްމީ ކެރިއަރު ދޫކޮށްލެވޭނީ އެންމެ މީހަކަށްޓަކައި ކަމަށް ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ. ޕްރިޔަންކާ ކައިވެނިކޮށްގެން އުޅެނީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯ...

13 May 2023 | 06:15

ފިލްމީ ކެރިއަރު ދޫކޮށްލެވޭނީ އެންމެ މީހަކަށްޓަކައި ކަމަށް ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

ޕްރިޔަންކާ ކައިވެނިކޮށްގެން އުޅެނީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި އެވެ. ދެމީހުންނަށް ފުރަތަމަ ދަރިފުޅު މާލްޓީ މޭރީ ޗޯޕްރާ ޖޯނަސް، ސަރޮގެޖީ މެދުވެރިކޮށް ލިބުނީ މިދިޔަ އަހަރުގެ ޖެނުއަރީ 15 ގައި އެވެ.

އޭނާ ދިން އިންޓަވިއުގައިއެއްގައި ބުނީ ކެރިއަރަށްވުރެ ދަރިފުޅާއި އެކު ވަގުތު ހޭދަކޮށް އޭނާ އުފާވާނެ ކަންތައް ކުރުމަކީ މާ ބޮޑަށް ކުރަން ބޭނުން ކަމެއް ކަމަށެވެ. އެހެންކަމުން ދަރިފުޅު އެދޭ ވަގުތު ދިނުމަށް އޭނާ ބޭނުންވަނީ ޕްރިޔަންކާ ފިލްމީ ކެރިއަރު ދޫކޮށްލަން ކަމަށްވަނީ ނަމަ އެކަން ކުރަން ފަސް ނުޖެހޭނެ ކަމަށް ބުންޏެވެ.

ޕްރިޔަންކާ ބުނީ ދަރިފުޅާއި ފިރިމީހާ އާއި އެކު ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށް އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމަކީ އެހެން އާއިލާ ތަކެކޭ އެއްގޮތަށް އޭނާވެސް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ދަރިފުޅު ބޭނުން ނަމަ އެހެން ގައުމަކަށް ދިރިއުޅުން ބަދަލު ކުރަންވެސް އޭނާ ތައްޔާރަށް ހުރި ކަމަށް ބުނެފައިވެ އެވެ.

މިހާރު އުމުރުން 40 އަހަރުގެ ޕްރިޔަންކާ ބުނީ ދިރިއުޅުމުގެ މުހިންމު ކަމާއި އިސްކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން އޭނާ ގެންގުޅޭ ވިސްނުން ވަރަށް ބޮޑަށް މިހާރު ބަދަލުވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް