ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު

ސްކޭޓް މޯލްޑިވްސްގެ 2023 އަދި 2024ވަނަ އަހަރުގެ ޑިވެލޮޕްމެންޓް ޕާރޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ. ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރެޖިސްޓާކޮށްފައިވާ ސްކޭޓިންގ އާއި ބެހޭ ގައުމީ މުއައްސަސާއެވެ....

13 May 2023 | 05:53

ސްކޭޓް މޯލްޑިވްސްގެ 2023 އަދި 2024ވަނަ އަހަރުގެ ޑިވެލޮޕްމެންޓް ޕާރޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރެޖިސްޓާކޮށްފައިވާ ސްކޭޓިންގ އާއި ބެހޭ ގައުމީ މުއައްސަސާއެވެ.

މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން ސްކޭޓް މޯލްޑިވްސްއަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެ އެސޯސިއޭޝަނުން މިހާރު ދަނީ ދެވަނަ ވަނަ އިންޓަނޭޝަނަލް ރޯލާރ ސްކޭޓިން ޗެމްޕިއަންޝިޕް ބާއްވަމުންނެވެ. 2023ވަނަ އަހަރުގެ މެއި މަހުގެ 11 އިން 13 އަށް މާލެ އުސްފަސްގަނޑު އަދި ހުޅުމާލެ މުބާރާތް ސަރަހައްދުގައި ކުރިއަށްދާ މި ކުލަގަދަ އިވެންޓުގައި ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ ސްކޭޓަރުންވެސް ބައިވެރިވާނެއެވެ.

"ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށްވެ، ރޯލާރ ސްކޭޓިންގ ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ޕްރޮމޯޓްކޮށް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މި އެސޯސިއޭޝަންއާއި ގުޅިގެން މި ކުޅިވަރު ކުރިއަރުވައި އައު ޖީލެއްގެ ޤައުމީ ފެންވަރުގެ އެތުލީޓުން ތަޢާރަފް ކުރުން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ.

"މުޖުތަމަޢުގައި ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ދިރާގުން އަބަދުވެސް ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރަން. މި ޕާޓްނަރޝިޕް މެދުވެރިކޮށް އެ ކުންފުންޏާއި ގުޅިގެން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމަށް ގިނަ ސްކޭޓަރުންތަކެއް ތަމްރީނުކޮށް ބިނާކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް،" ސްކޭޓް މޯލްޑިވްސްގެ ރައީސް، މުހައްމަދު ހާނިމް ވިދާޅުވިއެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް