މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގަ ދެ މީހުން ހައްޔަރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގަ ދެ މީހަކު ހައްޔަރު ކޮށްފި އެވެ. ޒަރީރަށް ހަމަލާ ދީފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުގެ ފަތިހު ކެފޭއެއްގެ ތެރޭ...

13 May 2023 | 05:44

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގަ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ޒަރީރަށް ހަމަލާ ދީފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުގެ ފަތިހު ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެންނެވެ. މިހާދިސާގައި ލިބުނު އަނިޔާތަކަށް ޒަރީރު އޭޑީކޭއިން ފަރުވާ ހޯއްދެވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގަ ހައްޔަރު ކުރީ 21 އަހަރާއި 22 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށް ވިދާޅުވި އެވެ.

އަދި އެމީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މި ހާދިސާގައި ޒަރީރަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނޭނގެ އެވެ. އަދި ޒަރީރުވެސް ހަމަލާ އާއި ގުޅޭގޮތުން ފަހުން ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް