ފޭސް ދޭއްގައި އެކްސިޑެންޓުވެ ވެންޓިލޭޓަރުގައި ފަރުވާދިން ޒުވާނާ މަރުވެއްޖެ

ހުޅުމާލޭ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބިގެން ފަރުވާ ދެމުންދިޔަ ޒުވާނާ މަރުވެއްޖެ އެވެ. މި އެކްސިޑެންޓު ހިނގީ މިމަހުގެ ދެ ވަނަ ދުވަހު ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވ...

13 May 2023 | 04:40

ހުޅުމާލޭ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބިގެން ފަރުވާ ދެމުންދިޔަ ޒުވާނާ މަރުވެއްޖެ އެވެ.

މި އެކްސިޑެންޓު ހިނގީ މިމަހުގެ ދެ ވަނަ ދުވަހު ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ. ސީރިއަސް ވެގެން ފަރުވާ ދެމުން ދިޔައީ ސައިކަލު ދުއްވި މީހާ އެވެ.

އެއީ  ހދ. ނެއްލައިދޫ، އުމުރުން 20 އަހަރުގެ އަހްމަދު ޒައިން އެވެ. އޭނާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.

މަރުވި އިރު ޒައިންއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައި އެވެ. އޭނާ މަރުވީ ރޭގެ ވަގުތެއްގައި އެވެ.

ޖަނާޒާ ބާއްވާފައިވަނީ ރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އެވެ.

މިފަހުން ހުޅުމާލޭ ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ވަނީ އިތުރުވެފައި އެވެ. މީގެ މަހެއްހާ ދުވަސް ކުރިންވެސް ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް