އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކޮށް ގަނާކުރާ މަންޒަފު ފެންނަ ވީޑީއޯއެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.
މިކަން ހާމަކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ބުނެފައިވަނީ އެކަމުގެ މައުލޫމާތު ލިބުމުން އެޑިއުކޭޝަން މިނިސްޓްރީއާއި ަށުގެ ކައުންސިލ އަދި ރަށުގެ އިޖްތިމާއީ މަދަދަރުވެރި މެންބަރުންނާއެކު މަސައްކަތްކުރަމުން ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"ދައުރުވަމުން އަންނަ ވީޑިއޯއަކީ ކުއްޖާއަށް ފަހުންވެސް ނަފްސާނީ އަސަރު ކުރާނެ ވީޑިއޯއަކަށް ވެފައި އަދި ކުއްޖާގެ ކަރާމާތައް ގެއްލުންވާ ވީޑިއޯއެއްކަމުން މީސްމީޑިއާ އަދި އެހެނިހެން މަންސަތަކުގައި ވީޑިއޯ އާންމު ނުކުރުމަށްވެސް އިލްތިމާސްކުރަމެވެ." އެ އިދާރާއިން ބުނެފައިވެއެވެ.
ސޯޝަލް މީޑީއާގައި މި ވީޑިއޯ އާންމުވެފައިވާއިރު ފެންނަނީ ކުއްޖާގެ ގަމީހުގައި ހިފައިގެން ގަދަކަމުން ގެންގޮސް އަނިޔާކުރާ މަންޒަރެވެ. ދަނޑިބުރިއެއް ކަހަލަ އެއްޗަކުން ވަރަށް ބާރަށް ޖަހާ މަންޒަރު ދެތިން ފަހަރަކަށް ފެނެއެވެ.
އަނިޔާ ކުރުމަށްފަހު އަނިޔާ ލިބުނު ކުއްޖާ އެތަނުން ދާން ފެށުމުން ބުލީކުރާ އަޑުވެސް ވީޑިއޯއިން އިވެއެވެ. މަންޒަރު ބަލަން ބައެއް އިތުރު ކުދިންނާއި އާންމުންވެސް ތިބޭމަންޒަރު ފެންނައިރު އެއްވެސް މީހަކު އެ ކުއްޖާއަށް އެހީވާ މަންޒަރެއް ނުފެނެއެވެ.
މި މައްސަލަ ޖެންޑަރ މިނިސްޓްރީންނާއި ފުލުހުން މިހާރު އަންނަނީ ބަލަމުން ކަމުގައި އެ ދެ މުއައްސަސާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް