ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.
ހަތަރު އުމުރު ފުރާއެއްގެ 1000 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއެކު މި ދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.
"ޓީއެފްޖީ އާ އެކު މި ދުވުން މިއަހަރަވުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ބާއްވަމުންދާ ހާއްސަ ހަރަކާތެއް." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސަޢީދު ވިދާޅުވިއެވެ.
މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ:
- 4 އަހަރާއި 6 އަހަރާ ދެމެދު – 1.3 ކިލޯ މީޓަރ ދިގުމިނަށް ( ބެލެނިވެރިއަކާއެކު)
- 6 އަހަރާއި 8 އަހަރާ ދެމެދު – 2 ކިލޯ މީޓަރ ދިގުމިނަށް ( ބެލެނިވެރިއަކާއެކު)
- 8 އަހަރާއި 10 އަހަރާ ދެމެދު –3 ކިލޯ މީޓަރ ދިގުމިނަށް ( ބެލެނިވެރިއަކާއެކު)
- 10 އަހަރާއި 13 އަހަރާ ދެމެދު 4 ކިލޯ މީޓަރ ދިގުމިނަށް
ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ. މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި ފަސްވަނަ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް