ރަނިލް އަށް ރައީސް ސޯލިހް މަރުހަބާ ދަންނަވައިފި

ސްރީ ލަންކާގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފިއެވެ. ރައީސް ސޯލިހް ބޮޑުވަޒީރު ރަނިލް އަށް މަރުހަބާ ދެންނެވީ ރަ...

13 May 2022 | 05:15

ސްރީ ލަންކާގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ސޯލިހް ބޮޑުވަޒީރު ރަނިލް އަށް މަރުހަބާ ދެންނެވީ ރަނިލް މެންޝަން ކުރައްވައި ރޭގައި ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ  ލަންކާއަށް މިހާރު ދިމާވެފައިވާ ހާލަތްތަކުން ރަނިލްގެ ލީޑަޝިޕްގައި އަރައިގަނެވޭނެކަމަށް ފުރިހަމައަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

https://twitter.com/ibusolih/status/1524807352137879553

ސްރީ ލަންކާގެ ބޮޑުވަޒީރު ކަމަށް ރަނިލް އައްޔަންކުރައްވާފައިމިވަނީ އެ ގައުމުގެ ބޮޑުވަޒީރުކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުންނެވެ. މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ ގައުމު އިގްތިސާދީ ގޮތުން ވަރަށް ބޮަޑަށް ބަލިކަށިވެ ހަލަބޮލިވެ ކެތް ނުކުރެވޭ ހިސާބަށް ދިއުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް